ދިވެހިރާއްޖެ
މަޤާމް :އެސިްޓެންޓް ކޮމިއުނިޓި ހެލްތް އޮފިސަރ/ ނ.ހޮޅުދޫ ސިއްހީމަރުކަޒު | |
---|---|
ބޭނުންވާ އަދަދު :1 | |
މިހޮސްޕިޓަލްގެ ނަންބަރ: (IUL)NAH/NAH/2018/03 އިޢުލާންގައި ދެންނެވިފައިވާ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރގެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން މިމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ނ.ހޮޅުދޫ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.
މަޤާމު |
އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ |
މަޤާމުގެ ނަންބަރު |
J-294258 |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
ޖީ.އެސް 4 |
މަޤާމުގެ ކްލިސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ޑިވިޜަން/ސެކްޝަން |
ޕަބްލިކް ހެލްތް ޔުނިޓް |
މަޤާމްއޮތް އޮފީސް |
ނ.ހޮޅުދޫ ސިއްޙީމަރުކަޒު |
ވަޒީފާއަދާކުރަންޖެހޭތަން |
ނ.ހޮޅުދޫ ސިއްޙީމަރުކަޒު |
މުސާރަ |
-/5020 ރުފިޔާ |
ސާރވިސްއެލަވަންސް |
-/2500 ރުފިޔާ |
އިތުރު އިނާޔަތްތައް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
10. ރަށުގައި ރޯގާއެއް ފެށިއްޖެނަމަ، އެ ރޯގާކޮންޓްރޯލްކުރުމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ރަށުގައިރޯގާއެއް ފެށިއްޖެނަމަ، އެކަން ހިނގާ ނުހިނގާގޮތް ވިލަރެސްކުރުމާއި، އެމަޢުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އަންގައި، މަޝްވަރާ ހޯދައި،ފިޔަވަޅުއެޅުން. 11. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ވާރކްޝިޕް، ސެމިނާރު، ބައްދަލުވުންތައް އިންތިޒާމުކޮށް ރާވައި ހިންގުން. 12. އާންމުންނަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވައި ދެމެހެއްޓެނިވިގޮތެއްގައި ހިންގުން. 13. ޞިއްޙީ މަޢުލޫމާތު އެކުލެވޭފަދަލީފްލެޓް/ލުއިފޮތާއި ވީޑިއޯ ޓޭޕްތައްޔާރުކޮށް، ހޯދައި (ހެލްތު ޕްރޮމޯޝަންސެކްޝަނުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު) ކޮމިއުނިޓީއަށްފޯރުކޮށްދިނުން. 14. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މެދުގައި ޞިއްޙީ މަޢުލޫމާތު އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.
|
މަޤާމްގެ ޝަރުޠުތައް
|
ޕްރައިމަރީ ހެލްތު ކެއަރ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށްއެދެންވީގޮތާއި،ސުންގަޑި |
ވަޒީފާއަށް އެދޭފޯމް ނ.ހޮޅުދޫ ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 12 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ނ.ހޮޅުދޫސިއްޙީމަރުކަޒަށެވެ.އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަންބާތިލްވާނެއެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 13 މާރޗް 2018 އާއި 28 މާރޗް 2018 އާދެމެދު ނ.ހޮޅުދޫ ސިއްޙީމަރުކަޒުގައެވެ.މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ. |
ޝޯޓްލިސްޓްކުރުން |
މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިންމާކްސްލިބޭ 10 ފަރާތްޝޯޓްލިސްޓްކުރެވޭނެއެވެ.
|
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ |
%30 |
އިތުރުމަޢުލޫމާތު |
މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560037ނުވަތަ 6560520 ނަންބަރު ފޯނާއެވެ. |