ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-HRD/2018/10
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 11 މާރިޗު 2018 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.   

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ރިސަރޗް ސެކްޝަން/ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް   (މަސައްކަތުގެ ފާޑުވެރިކަމާ ޤާބިލްކަމަށް ބަލާ، ދެފަރާތުން ބޭނުންވާނަމަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރެވިދާނެއެވެ.)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • އިކޮނޮމިކްސް ނުވަތަ ފައިނޭންސް އާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑީގްރީ ހާސިލް ކޮށްފައިވުން.
  • އިގްތިސާދާ ގުޅުން ހުރި ކަންކަން ދިރާސާކޮށް މައުލޫމާތު އެއްކޮށްގެން ރިސަރޗް ޕޭޕަރު ލިޔުމުގެ ތަޖްރިބާ ލިބިފައިވުން.

ހުނަރުވެރިކަން: 

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • އިގްތިސާދީ، ބޭންކިން އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް ދިރާސާކޮށް، އެ މައުލޫމާތަށް ބިނާކޮށް ރިސަރޗް ޕޭޕަރ ލިޔުމުގެ ގާބިލްކަން ލިބިފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ފެންވަރު ރަނގަޅު ލިޔުންތައް ތައްޔާރުކުރުމުގެ ގާބިލްކަން ހުރުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި އީވިއުސް އަދި ސްޓޭޓާ ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެެއަރއަކަށް އަހުލުވެރިވެފައި ވެފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ދިވެހިރާއްޖެއާއި ބޭރު ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޕަބްލިކޭޝަންތަަކަށް ލިޔުން ތައްޔާރު ކުރުން.
  • ޕޮލިސީ ނިންމުންތަކަށް ބޭނުންވާ ޕޮލިސީ ކަރުދާސްތަކާއި، ރިސަރޗް ޕޭޕަރ ސީރީޒްގައި ޝާޢިއު ކުރުމަށް ރިސާޗް އާޓިކަލް ތައްޔާރުކުރުން.
  • ރިސަރޗް މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސާވޭ ކުރުން.
  • އިގްތިސާދާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް ހިންގޭ އެކި ޕްރޮގްރާމްތަކުގައި އިސްވެ ހަރަކާތްތެރިވުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް   (މަސައްކަތުގެ ފާޑުވެރިކަމާ ޤާބިލްކަމަށް ބަލާ، ދެފަރާތުން ބޭނުންވާނަމަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރެވިދާނެއެވެ.)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ނުވަތަ ސީމާ ގެ ސްޓްރެޖިކް ލެވެލް ފުރިހަމަ ކޮށްފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި އައިޓީދާއިރާގެ ނޮލެޖް ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ ގެ އެކައުންޓިން އަދި އިދާރީ މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑު ތަކާއި ކޮންޓްރޯލްސް ތަކާއި އެއްގޮތަށްތޯ ބަލައި މެނޭޖްމެންޓް އާއި ބޯޑުން ބޭނުންވާ ރިޕޯރޓުތައް ތައްޔާރުކުރުމުގައި ހެޑް އޮފް އިންޓަރނަލް އޮޑިޓް އަށް އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް   (މަސައްކަތުގެ ފާޑުވެރިކަމާ ޤާބިލްކަމަށް ބަލާ، ދެފަރާތުން ބޭނުންވާނަމަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރެވިދާނެއެވެ.)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔުމަށާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރޮގްރާމްތައް ލިޔުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ޑިޕްލޮމާ އަދި ޑިގްރީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
  • ރިސަރޗް އެސިސްޓެންޓް ގެ މަގާމް އެދިލައްވާ ފަރާތްތަކުން، އިކޮނޮމިކް މަޒުމޫނެއް ނުވަތަ ރިސާރޗް ޕޭޕަރެއް ތަޢުލީމީ އިދާރާއަކަށް ނުވަތަ އެނޫން ފަރާތަކަށް ހުށަހަޅާފައި ވާނަމަ އޭގެ ކޮޕީއެއް ހުށަހެޅުމަކީ އެދެވިގެންވާ ކަމެކެވެ.

ސުންގަޑި

11 މާރިޗް 2018 ވާ އާދީއްތަ ދުވަހުގެ 15:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

01 މާރިޗު 2018