ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AHS2/1/2018/51
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 08 މާރިޗު 2018 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިއްޒުއްދީންފާލަން ހިމެނޭ ސަރަހަައްދު ބޭނުންކުރުމާއި ގުޅޭ

 

އިޢުލާން

 

އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދު ބޭނުން ކުރުމާއި ގުޅޭ.

 

 އިއްޒުއްދީން ފާލަމާއި 01 ނަމްބަރ  އަދި  02 ނަމްބަރ ފާލަމަކީ ވިޔަފާރި އުސޫލުން ހިންގާ ބެލެހެއްޓުމަށް MTCC އާއި ހަވާލުކުރެވިފައިވާ ފާލަންތަކެކެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއް އުޅަނދުފަހަރު ލަފާފުރުމުގައި މިދެންނެވި ސަރަހައްދުގެ ހުޅަނގަށްވާ އެއްގަމުތޮށި ބޭނުން ކުރަމުން ގެންދާކަން މި މިނިސްޓްރީއަށް އަންނަނީ ފާހަގަ ކުރެވެމުންނެވެ. 

ވީމާ، އިއްޒުއްދީނު ފާލަމާއި އެމް.އެމް.އޭ އާހަމައަށް އޮންނަ ސަރަހައްދާ ހަމައަށްވާ އެއްގަމުތޮއްޓަށް އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއްކަމުގައި އަންގާ އިޢުލާން ކުރީމެވެ.

           16  ޖުމާދަލްއާހިރާ    1439

             04   މާރިޗް        2018

04 މާރިޗު 2018