ދިވެހިރާއްޖެ
މިސްކޫލުގެ ހޯލް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް
މިސްކޫލުގެ ހޯލް އިމާރާތުގެ ދޮރާއި ދޮރުފަތްލުމާއި، ތަޅުމުގައި މުށިޖެހުމާއި، ސީލިންގ ކުރުމާއި، ހޯލް އިމާރާތް ވަށައިގެން ބައްދެމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 އަންދާސީ ހިސާބު ހުށަހެޅުމަށް  | 
 މަޢުލޫމާތު ސާފުކުރުމަށް  | 
| 
 13 މާރޗް 2018 ވާ އަންގާރަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  | 
 06 މާރޗް 2018 ވާ އަންގާރަ ދުވަހު 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބާޠިލު ކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގުމަށްޓަކައި އިޢުލާން ކުރީމެވެ.
6 ރަބީޢުލްއާހިރު 1439
28 ފެބްރުއަރީ 2018