މުބާރާތް
ނަންބަރު: (IUL)177-A2/1/2018/11
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 08 މާރިޗު 2018 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2018" ގައި ބައިވެރިވުމުގެ ފުރުޞަތު

"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2018" ގައި ބައިވެރިވުމުގެ ފުރުޞަތު

 

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުސޫލް އާއްމުކޮށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އެގޮތުން މިމުބާރާތުގެ ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ސެންޓަރަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ވެބްސައިޓް www.nca.gov.mv އިންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3344667 އާއި ގުޅުއްވުން އެދެމެވެ.

 

c

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

     މާލެ، ދިވެހިރާއްޖެ

 

"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް" ގެ އުޞޫލް

 

  1. 1.      މުބާރާތުގެ މަޤްސަދު

މިމުބާރާތުގެ މަޤްސަދަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމެވެ.

 

  1. 2.      މުބާރާތް ރާވާ ފަރާތާއި ދުވަސްވަރު

މިމުބަރާތް ހިންގާ ފަރާތަކީ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އެވެ. މިމުބާރާތުގައި ބައިވެރިިކުރާ ޑްރާމާތައް ދައްކަން ފަށާނީ ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ތެރޭގައެވެ.

 

  1. 3.      މުބާރާތުގައި ބައިވެރިވެވޭ ގޮތް

މުބާރާތުގައި ބައިވެރިވެވޭނީ، ޖަދުވަލް 1 ގައިވާ ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ސުންގަޑީގެ ކުރިން ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށް ހުށަހެޅުމުންނެވެ.

 

 

 

 

 
 

 

 

 

  1. 4.      މުބާރާތަށް ހުށަހެޅޭ ޓެލެޑްރާމާ އާއި ބެހޭ

4.1 ޓެލެޑްރާމާގެ ދިގުމިން

ޓެލެޑްރާމާގެ ދިގުމިނަކަށް ވާންވާނީ މަދުވެގެން 45 މިނެޓެވެ. އަދި ދިގުވެގެން 50 މިނެޓެވެ.

4.2 ބަސް

ޓެލެޑްރާމާ ހުށަހަޅައިދޭންވާނީ ދިވެހިބަހުންނެވެ.

4.3 ތީމް / މިންގަނޑު

ޓެލެޑްރާމާގެ ތީމް، ރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި ރާއްޖޭގެ ތާރީޚާއި އާދަކާދަ އާއި، ޚިލާފުނުވާ މުޖްތަމަޢުގައި ހިމެނޭ ދޭދޭ އަފްރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމްއަކަށް ވާންވާނެއެވެ. މިމުބާރާތުގައި ބައިވެރިކުރާ ޑްރާމާގެ ކޮންޓެންޓް ގާނޫނު ނަންބަރު 2010/16 (ބްރޮޑްކާސްޓްކުރުމުގެ ގާނޫނު) ބަޔާންކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ "ކޯޑް އޮފް ޕްރެކްޓިސް" އާއި ހިލާފުވެގެން ނުވާނެއެވެ.

 

4.4 މުބާރާތުގައި ބައިވެރިވުން

މިމުބާރާތް ބާއްވާނީ މަދުވެގެން 5 (ފަހެއް) އޮފީސް ބައިވެރިވާނަމައެވެ.

 

4.5 ޓެލެޑްރާމާގެ ބައިވެރިން

އެއޮފީހަކުން ހުށަހަޅާ ޓެލެޑްރާމާއެއްގައި ބައިވެރިވާ ފަރާތްތަކަކީ، އެތަނެއްގެ ފުލްޓައިމް ނުވަތަ ޕާޓް ޓައިމް މުވައްޒަފުންކަމުގައި ވާންވާނެއެވެ. އަދި އެއޮފީހަކުން ފިލްމީ ދާއިރާގައި އަމަލީގޮތުން މަސައްކަތްތަކެއް ކުރާ ނުވަތަ ކޮށްފައިވާ ފަރާތެއް ބައިވެރިކުރާއިރު އެފަރާތެއްވެސް ވާންވާނީ އެ އޮފީހެއްގައި ފުލްޓައިމް ނުވަތަ ޕާޓް ޓައިމް ވަޒީފާ އަދާކުރާ މުވައްޒަފެއްކަމުގައެވެ. ޑްރާމާގެ ވާހަކަ އޮންނަ ގޮތުން ކުޑަކުދިންގެެ މަންޒަރު ހިމަނަންޖެހިއްޖެ ހާލަތެއްގައި ކުޑަކުއްޖަކު ބައިވެރި ކުރެވިދާނެއެވެ. ނަމަވެސް ކުޑަކުއްޖާ އަދާކުރާ ރޯލަކީ ޑްރާމާގެ %25 (ފަންސަވީސް ޕަސެންޓް) އަށްވުރެ ބޮޑު ބައަކަށް ވެގެން ނުވާނެއެވެ. މިޤަވައިދުގައި ކުޑަކުދިންކަމަށް ބުނެފައިމިވަނީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނެވެ. އަދި މިފަދަ ރޯލްތަކަށް ޖަޖެއް ނުކުރާނެއެވެ. ހަމައެއާއެކު މިމުބާރާތުގެ މަޤްސަދަކީ އައު މޫނުތައް ތަޢާރަފުކުރުންކަމުގައިވާތީ، ފިލްމީ ދާއިރާގައި އަމަލީގޮތުން މަސައްކަތްތަކެއް ކުރާ ނުވަތަ ކޮށްފައިވާ ފަރާތެއް އޮފީހަކުން ބައިވެރިކުރާނަމަ އެފަރާތްތަކުގެ ރޯލްތައްވެސް ޖަޖެއް ނުކުރާނެއެވެ. މީގެއިތުރުން ޖަޖްކުރެވޭ ރޯލެއް ފިޔަވައި އާއްމުން ތިބޭ ތަންތަނުގެ މަންޒަރުތައް ދެއްކުމުގެ ގޮތުން އާއްމުން ބޭނުންކުރެވިދާނެއެވެ.އަދި މުބާރާތުގެ މަސައްކަތްތައް ކުރިއަށް ދަނިކޮށް ނުވަތަ މަސައްކަތް ނިމި ނަތީޖާ ފާޅުކުރުމާއި ދޭތެރޭގައި ބައިވެރިވެފައިވާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިވެ، ވަކި ކުރެވި ނުވަތަ ބަންދެއްގައި ވާނަމަ އެކަން ލިޔުމުން މިސެންޓަރަށް އަންގަންވާނެއެވެ.

 

 

 

4.6 ތައްޔާރުކުރުމުގެ މަސައްކަތް

04 އޭޕްރިލް 2018 ވާ ބުދަ ދުވަހުން ފެށިގެން 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން 60 (ފަސްދޮޅަސް) ސިކުންތައްވުރެ ދިގު ނޫން ޓްރެއިލަރއާއި، ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން ކްލެސިފައިކުރުމަށްފަހު ކްލެސިފިކޭޝަން ސެޓްފިކެޓް އަދި ބައިވެރިންގެ މަޢުލޫމާތު ފޯމާއެކު ބައިވެރިކުރާ ޑްރާމާ އެން.ސީ.އޭ އަށް ހުށަހަޅަންވާނެއެވެ.

 

4.7 ހުށަހެޅޭ ޓެލެޑްރާމާގެ އަދަދާއި އަސްލު

ކޮންމެ އޮފީހަކުން މިމުބާރާތަށް ހުށަހެޅޭނީ 1 (އެކެއް) ޓެލެޑްރާމާއެވެ. އެޓެލެޑްރާމާ ވާންވާނީ އެހެން އެއްވެސް މުބާރާތަކަށް ހުށަނާޅާ އަދި އާއްމުކޮށްފައިނުވާ ޓެލެޑްރާމާއަކަށެވެ. މީގެ އިތުރުން އެޑްރާމާއެއްގެ ޕްލޮޓްގެ މައިގަނޑު އާއްމުކޮށްފައިވާ އެހެން އެއްވެސް އުފެއްދުމަކާއި އެއްގޮތްވެގެން ނުވާނެއެވެ. އަދި ޑްރާމާ ހުށަހަޅަން ކަނޑައަޅާފައިވާ ސުންގަޑީގައި ފުރިހަމަކޮށްފައިވާ ޑްރާމާ އާއިއެކު 60 (ފަސްދޮޅަސް) ސިކުންތައްވުރެ ދިގު ނޫން ޓްރެއިލަރއެއް ހުށަހަޅަންވާނެއެވެ.

 

4.8 ޑްރާމާ އުފެއްދުން

ޑްރާމާ އުފެއްދުމުގެ ހުރިހާ ޒިންމާއެއް އުފުލާނީ ބައިވެރިވާ އޮފީހަކުންނެވެ.

 

4.9 ވަނަހޮވުން

ވަނަތައް ހޮވުމުގައި ބަލާނީ ހުރިހާ ފަނޑިޔާރުން ދޭ މާރކްސްގެ އެވްރެޖުން އެންމެމަތީ މާކްސް ހޯދާ ފަރާތަކަށެވެ. މީގެ އިތުރުން "ވިއުވަރސް ޗޮއިސް" މިއެވޯޑް ލިބޭނީ އެސް.އެމް.އެސް އަށް ހުޅުވަލައިގެން އެންމެ ގިނަ އެސް.އެމް.އެސް ލިބޭ ފަރާތަކަށެވެ. އަދި "ވިއުވަރސް ޗޮއިސް" ގެ އެސް.އެމް.އެސް އެއްކަމުގައި ބަލާނީ އެން.ސީ.އޭ އިން ދޭ ގޮތަށް އިބާރާތް ކުރެވޭ އެސް.އެމް.އެސްތައް އެކަންޏެވެ.

 

4.10 ހޮވާ ވަނަތަކާއި އިނާމްތައް

#

ވަނަ

އިނާމް

1

އެންމެ މޮޅު ޑްރާމާ

ޓްރޮފީ އަދި -/50000 ރުފިޔާގެ ފައިސާގެ އިނާމު

2

އެންމެ މޮޅު އެކްޓަރ (އަންހެން)

ޓްރޮފީ އަދި -/15000 ރުފިޔާގެ ފައިސާގެ އިނާމު

3

އެންމެ މޮޅު އެކްޓަރ (ފިރިހެން)

ޓްރޮފީ އަދި -/15000 ރުފިޔާގެ ފައިސާގެ އިނާމު

4

އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (އަންހެން)

ޓްރޮފީ އަދި -/10000 ރުފިޔާގެ ފައިސާގެ އިނާމު

5

އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (ފިރިހެން)

ޓްރޮފީ އަދި -/10000 ރުފިޔާގެ ފައިސާގެ އިނާމު

6

ވިއުވަރސް ޗޮއިސް (އެންމެ މޮޅު ޑްރާމާ)

ޓްރޮފީ

7

ވިއުވަރސް ޗޮއިސް އެންމެ މޮޅު އެކްޓަރ (އަންހެން)

ޓްރޮފީ

8

ވިއުވަރސް ޗޮއިސް އެންމެ މޮޅު އެކްޓަރ (ފިރިހެން)

ޓްރޮފީ

9

އެންމެ މޮޅު ޑައިރެކްޓަރ

ޓްރޮފީ

10

އެންމެ މޮޅު ސްކްރީންޕްލޭ

ޓްރޮފީ

11

އެންމެ މޮޅު ސިނަމެޓޮގްރަފާރ

ޓްރޮފީ

12

އެންމެ މޮޅު އެޑިޓަރ

ޓްރޮފީ

 

4.11 ފަނޑިޔާރުން

ފަނޑިޔާރުކަން ކުރާނީ މިމުބާރާތުގެ ފަނޑިޔާރުކަން ކުރަން އެން.ސީ.އޭ އިން އެކުލަވާލެވޭ 5 ފަނޑިޔާރުންގެ ޓީމަކުންނެވެ. ނަމަވެސް ފަނޑިޔާރުން މާކްސްދޭނީ ޓީމް އުޞޫލުން އެންމެންގެ ޚިޔާލު އެއްކޮށްގެނެއް ނޫނެވެ. ކޮންމެ ފަނޑިޔާރަކުވެސް ވަކިން އެމީހަކު އިންސާފުކުރާ ގޮތަކަށެވެ.

 

4.12 މުބާރާތަށް ހުށަހެޅޭ ޓެލެޑްރާމާގެ ހައްޤުތައް

މިމުބާރާތަށް ހުށަހެޅޭ ޓެލެޑްރާމާތަކުގެ ޕަބްލިކް ޕާރފޯމަންސް ރައިޓްސް އާއި ކޮމާޝަލް ރައިޓްސް ލިބޭނީ އެން.ސީ.އޭ އަށެވެ. މިމުބާރާތައް ހުށަހެޅޭ ހުރިހާ ޓެލެޑްރާމާއެއްގެ ހައްގުތައް އެން.ސީ.އޭ އަށް ލިބޭނެއެވެ.

  1. 5.      ބަދަލެއް ގެނައުން

އެން.ސީ.އޭ އަށް ހުށަހަޅާފައިވާ އެއްވެސް މަޢުލޫމާތަކަށް ނުވަތަ ޑްރާމާއަށް ވިޔަސް ބަދަލެއް އައިސްފިނަމަ އެކަން އެން.ސީ.އޭ އަށް ލިޔުމުން އަންގަންވާނެއެވެ. އެފަދަކަމެއް ނާންގާ އޮތުމުގެ ސަބަބުން ދިމާވާ އެއްވެސް މައްސަލައަކަށް އެން.ސީ.އޭ އިން ޒިންމާއެއް ނުނަގާނެއެވެ.

 

  1. 6.      އުސޫލް އާއި ހިލާފުވުން

މިމުބާރާތުގެ އުސޫލާއި ހިލާފުވެއްޖެނަމަ މުބާރާތުން އެޑްރާމާއެއް ވަކިކުރެވޭނެއެވެ. މީގެއިތުރުން ވަނައެއް ލިބޭ ފަހުން ޤަވައިދާ ހިލާފުވެފައިވާކަން އެން.ސީ.އޭ އަށް ސާބިތުވެއްޖެ ހިނދެއްގައި އެވަނައެއް އެފަރާތަކުން އަނބުރާ އަތުލެވޭނެއެވެ. އަދި އެފަރާތަކަށް މިމުބާރާތުގައި ބައިވެރިވެވޭނީ 05 (ފަހެއް) އަހަރު ފަހުންނެވެ. މިކަމާއި ގުޅޭ ގޮތުން އެފަރާތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ޒިންމާއެއް ނުވާނެއެވެ.

 

 
 

މިއުސޫލްގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ހައްލުކުރާނީ އެން.ސީ.އޭ އިން އެކުލަވާލާ 5 (ފަހެއް) މެމްބަރުންގެ ކޮމިޓީއަކުންނެވެ. އަދި މިކޮމިޓީން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަކެވެ.

 

 

 

  1. 7.      އުޞޫލް އަށް އަމަލުކުރަން ފެށުން

 

މި އުސޫލްއަށް އަމަލުކުރަން ފަށާނީ މިއުސޫލް ގެޒެޓްގައި ޝާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.

 

މުބާރާތުގެ ޓައިމްލައިން

ތާރީޚް

ތަފްޞީލް

25 ފެބްރުއަރީ 2018

އިއުލާންކުރުން

08 މާރިޗު 2017

ފޯމް ހުށަހަޅަންޖެހޭ ސުންގަޑި (އެދުވަހުގެ 13:30 ގެ ކުރިން)

12 މާރިޗު 2017

އޮފީސްތަކަށް މަޢުލޫމާތު ދިނުމާއި ގުރުއަތުލުން

29 މާރިޗު 2017

ޑްރާމާގެ ސްކްރިޕްޓް ހުށަހެޅުން (އެދުވަހުގެ 13:30 ގެ ކުރިން)

03 އޭޕްރިލް 2017

އެން.ސީ.އޭގެ ފަރާތުން ސްކްރިޕްޓް އެޕްރޫވްކުރުން

04 އޭޕްރިލް 2017

ޕްރޮޑަކްޝަން ފެށުން

10 މެއި 2017

ޓެލެޑްރާމާތައް 60 ސުކުންތަށްވުރެ ދިގު ނޫން ޓްރެއިލަރ އަދި ކްލެސިފިކޭޝަން ސެޓްފިކެޓާއި، ޑްރާމާގެ ބައިވެރިންގެ މަޢުލޫމާތު ފޯމް ހުށަހެޅުން (އެދުވަހުގެ 13:30 ގެ ކުރިން)

 

 
 
 
 

 

 

 

 

 

 

 

 

 
 

c

 
 

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

     މާލެ، ދިވެހިރާއްޖެ

 

 

 

 

 

 

އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2018

ޖަދުވަލް 1 - ބައިވެރިވުމަށް އެދޭ ފޯމް

 

އޮފީހުގެ މަޢުލޫމާތު

 

އޮފީހުގެ ނަން:

 
   

 


 ސަރުކާރު:                           ކުންފުނި:                                  މިނިވަން މުވައްސަސާ:

 

ފޯނު  ނަންބަރު:                             އީމެއިލް:

 

ޑްރާމާގެ ފޯކަލް ޕޮއިންޓް

 

ނަން ނަންބަރު:                                 މަޤާމު:

 

ފޯނު:                                     އީމެއިލް:

 

 

އިޤްރާރު

              

            އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2018 އަށް ހެދިފައިވާ ޤަވާއިދު އަދި އުސޫލްތަކާއި އެގޮތަށް

                                         އިން ބައިވެރިވުމުގެ އިއުތިރާޒެއް ނެތެވެ. 

 

ނަން:                             މަޤާމު:                          ސޮއި:

 
 

 

 

 

 


ތާރީޚް:                                            އޮފީހުގެ ތައްގަނޑު

 

 

 

 

 

 a

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

     މާލެ، ދިވެހިރާއްޖެ

 

 

 

 

އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް

 

ޖަދުވަލް 2 - އިންސާފުކުރާ މިންގަނޑު

 

ހ. އެންމެ މޮޅު ޑްރާމާ

 

އެންމެ މޮޅު ފިލްމަކީ ސްކްރީންޕްލޭ ފިލްމެއްގެ ގޮތުގައި  ޓެކްނިކަލް ގޮތުންނާއި އެކްޓިންގެ ގޮތުން އެންމެ ފުރިހަމަކޮށް ހުށަހަޅާދެވިފައި އޮތް ފިލްމެކެވެ.

 

އިންސާފުކުރުމުގައި ބަލާނެ މުހިންމު މިންގަޑު

 

  1. ވާހަކަ ހުށަހަޅައިދެވިފައިވާ ފުރިހަމަކަން

 

  1. ބެލުންތެރިންގެ ޝައުގުވެރިކަން ވާހަކައަށް ފިލްމު ފެށިގެން ނިމެންދެން ހިފަހައްޓާދެވިފައިވާ މިންވަރު

 

  1. ފިލްމުގައި އެކްޓަރުން އެކްޓްކޮށްދީފައިވާ ފުރިހަމަކަން

 

  1. ޓެކްނިކަލީ ފިލްމުގެ ފުރިހަމަކަން

 

 

 

ށ. އެންމެ މޮޅު އެކްޓަރ (ފިރިހެން)

 

 

ފިލްމުގެ ވާހަކައިގެ މައިގަނޑު ގެނެސްދިނުމުގައި އެންމެ އިސްފަރާތެއްގެ ގޮތުން، އަދާކޮށްފައިވާ ފަރާތެވެ. މިބަޔަށް ކޮންމެ އުމުރު ފުރަޔަކަށްވެސް ވާދަކުރެވިދާނެއެވެ.

 

އިންސާފުކުރުމުގައި ބަލާނެ މުހިންމު މިންގަޑު

 

  1. ހުށަހަޅާ ދިނުމުގެ ހުނަރު

 

  1. ބައި އަދާކުރެވިފައިވާ މިންވަރު

 

 

ނ. އެންމެ މޮޅު އެކްޓަރ (އަންހެން)

 

ފިލްމުގެ ވާހަކައިގެ މައިގަނޑު ގެނެސްދިނުމުގައި އެންމެ އިސް ފަރާތެއްގެ ގޮތުން، އަދާކޮށްފައިވާ ފަރާތެވެ. މިބަޔަށް ކޮންމެ އުމުރު ފުރަޔަކަށްވެސް ވާދަކުރެވިދާނެއެވެ.

 

އިންސާފުކުރުމުގައި ބަލާ މިންގަޑު

 

  1. ހުށަހަޅާ ދިނުމުގެ ހުނަރު.
  2. ބައި އަދާކުރެވިފައިވާ މިންވަރު

 

 

 

ރ. އެންމެ މޮޅު ސަޕޯޓިން އެކްޓަރ (ފިރިހެން)

 

ފިލްމުގެ ވާހަކައިގެ މައިގަނޑު ގެނެސްދިނުމަށް އެހީތެރިވާ ބައި އަދާކޮށްފައިވާ

ފަރާތް. މިބަޔަށް ކޮންމެ އުމުރު ފުރަޔަކަށްވެސް ވާދަކުރެވިދާނެއެވެ.

 

 

އިންސާފުކުރުމުގައި ބަލާނެ މުހިންމު މިންގަޑު

 

  1. ހުށަހަޅާ ދިނުމުގެ ހުނަރު.

 

  1. ބައި އަދާކުރެވިފައިވާ މިންވަރު

 

 

ބ. އެންމެ މޮޅު ސަޕޯޓިން އެކްޓަރ (އަންހެން)

 

ފިލްމުގެ ވާހަކައިގެ މައިގަނޑު ގެނެސްދިނުމަށް އެހީތެރިވާ ބައި އަދާކޮށްފައިވާ

ފަރާތް. މިބަޔަށް ކޮންމެ އުމުރު ފުރަޔަކަށްވެސް ވާދަކުރެވިދާނެއެވެ.

 

އިންސާފުކުރުމުގައި ބަލާނެ މުހިންމު މިންގަޑު

 

  1. ހުށަހަޅާ ދިނުމުގެ ހުނަރު.

 

  1. ބައި އަދާކުރެވިފައިވާ މިންވަރު

 

 

 

ޅ. އެންމެ މޮޅު ޑައިރެކްޓަރ

 

އެންމެ މޮޅު ޑައިރެކްޓަރއަކީ ސްކްރީންޕްލޭ، ފިލްމެއްގެ ގޮތުގައި ގެނެސްދިނުމަށްޓަކައި، ކޮށްފައިވާ މަސައްކަތްތައް އެންމެ ފުރިހަމަކޮށް ހުށަހަޅާދީފައިވާ ފަރާތެއް.

 

 

 

އިންސާފުކުރުމުގައި ބަލާނެ މުހިންމު މިންގަޑު

 

  1. ފިލްމުގެ ފުރިހަމަކަން

 

  1. ވިޝުއަލް ޕްރެޒެންޓޭޝަންގެ ފުރިހަމަކަން

 

  1. އެކްޓަރުން އެކްޓްކޮށްދީފައިވާ ފުރިހަމަކަން

 

 

  1. ފިލްމުގެ ހުރިހާ ދާއިރާއެއް ފުރިހަމަކޮށްފައިވާ މިންވަރު

 

 

ކ. އެންމެ މޮޅު ސްކްރީންޕްލޭ

 

ސްކްރީންޕްލޭ އަކީ އަމިއްލަ ޚިޔާލަކަށް، ހިނގާފައިވާ ޙާދިޘާއެއް އަޞްލެއްކަމަށް ބަލައިގެން ނުވަތަ އެހެން މީހަކު ލިޔެފައިވާ ވާހަކައެއް، ފިލްމެއް ނުވަތަ އެފަދަ އެހެން އެއްޗެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވިފައި ހުންނަ ސްކްރީންޕްލޭއެވެ.

 

އިންސާފުކުރުމުގައި ބަލާނެ މުހިންމު މިންގަޑު

 

  1. ހުށަހެޅުމުގެ ފެންވަރު

 

  1. އުފެއްދުންތެރިކަމާއި ހުނަރުވެރިކަން

 

 

 

  1. އެކުލަވާލެވިފައިވާ ފެންވަރު
  2. އެހެންމީހަކު ލިޔެފައިވާ ވާހަކައެއް ނުވަތަ ފިލްމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ސްކްރީންޕްލޭއެއްނަމަ، އަސްލު ބައިތަކާއި އަމިއްލަ ޚިޔާލާއި ލާމެހިފައިވާ މިންވަރު

 

 

 

 

 

 

 

 

އ. އެންމެ މޮޅު ސިނެމަޓޮގްރަފީ

     

 

 

ސިނަމެޓޮގްރަފީ އަކީ ފިލްމުގެ މަންޒަރުތައް ކެމެރާކުރުމުގެ ފެންވަރު އަދި ޓެކްނިކްއެވެ.

 

އިންސާފުކުރުމުގައި ބަލާނެ މުހިންމު މިންގަޑު

 

  1. މަންޒަރު ކޮންޕޯޒް ކުރުމުގެ ހުނަރު

 

  1. އަލި ބޭނުންކުރުމުގެ ފެންވަރު

 

  1. ވާހަކަ ހުށަހަޅާދިނުމުގައި ބޭނުންކޮށްފައިވާ ހުނަރު

 

 

ވ. އެންމެ މޮޅު އެޑިޓިންގ

 

 

އެޑިޓަރ އަކީ ފިލްމްގެ ވާހަކަ ގެނެސްދިނުމުގައި ޝޮޓްތައް އަތުރާ ފަރާތެވެ.

 

އިންސާފުކުރުމުގައި ބަލާނެ މުހިންމު މިންގަޑު

 

  1. ފިލްމުގެ ޝޮޓުތައް އެތުރުމުގައި ދައްކާފައިވާ ހުނަރުވެރިކަން

 

 

 

 

 

 

   

 

 
 
 
 
 
 

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

       މާލެ، ދިވެހިރާއްޖެ

 

އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ކޮންޓެންޓް ފާސްކުރުމުގައި ބަލާނެ ކަންތައްތައް

ޖަދުވަލް 3

 

  • ޢާއްމު އިޖްތިމާޢީ މިންގަނޑު ޚިލާފު ބަހުރުވަހުރުން
  • ޑްރާމާގެ ވާހަކަ
  • މުޖްތަމަޢުގައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދޭ ކަންތައްތައް
  • މާރާމާރީއަށް ހިތްވަރުދޭ ކަންތައްތައް
  • މާރާމާރިއަށާއި މަސްތުވާ ތަކެއްޗާއި ނުރައްކާތެރި ހަތިޔާރަށް ޝައުގުވެރިކަން އުފައްދާ ކަންތައްތައް
  • ނިވާކަން ކުޑަ އޮރިޔާން މަންޒަރު
  • ދީނަށާއި ސަގާފަތަށް އިޚްތިރާމް ކުޑަކުރުމާއި ދީނީ ހަމަތަކާއި ފުށުއަރާ ކަންތައް
  • މުޖްތަމައު ގަބޫލް ނުކުރާ އަޚްލާގީ މިންގަނޑުތަކަށް ޚިލާފު ކަންތައްތައް
  • އަންހެނުންނަށާއި ކުޑަކުދީންނަށް ޖިސްމާނީ އަނިޔާ ކުރުން
  • ޖިންސީ ގުޅުމަށް އިޝާރަތްކޮށް ނުވަތަ މާނަ ދޭހަވާ ގޮތަށް ބަސްމަގާއި ހަރަކާތް ހުރުން
  • އެހެން ޤައުމުތަކުގެ މީހުންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ނަސްލީ ތަފާތު ކުރުމާއި މަލާމަތް ކުރުމާއި ޖޯކްޖެހުން
  • ނުކުޅެދޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް މަލާމަތް ކުރުމާއި ފުރައްސާރަކުރުން
  • ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުން
  • ދުންފަތާ މަސްތުވާތަކެތީގެ އިސްތިއުމާލު ކުރުމަށް ހިތްވަރު ލިބޭ ކަހަލަ މަންޒަރުތައް ބޭނުންކުރުން
  • ޕްރޮޑަކްޓް ނުވަތަ ތަންތަން އިސްތިހާރު ކުރާގޮތަށް މަންޒަރު ހިމަނާފަ ހުރުން
  • ވަކި މީހެއްގެ ސިޔާސީ ފިކުރު ނައްތާލަން ނުވަތަ ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރުން
  • އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަން
  • ދިވެހި ތާރީޚާ ސަގާފަތް އުނިކަން ލިބޭ ފަދަ މަންޒަރު
  • އަބުރު ރައްކާތެރި ކުރުމާބެހޭ ޤާނޫނާ ޚިލާފުވުން
  • ސަރުކާރުގެ މުއައްސަސާއެއްގެ އަގުވެއްޓޭފަދަ ވާހަކަ އާއި ކޮންޓެންޓް ނުހުރުން

ޓެކްނިކަލީ ބަލާނެ ކަންތައްތައް

  • ޕްރޮޑަކްޝަން މަސައްކަތް ފުރިހަމައަށް ނިންމާފައިވުން (ބެކް މިއުޒިކް، ޑަބިންގް، ޓައިޓްލް، އިފެކްޓްސް)
  • ސީންތައް ހުންނަންވީ ތަރުތީބު
  • ވީޑިއޯ، އޯޑިއޯ ކޮލިޓީ
  • ކޮންޓެންޓް ކޮމިޓީއަށް ފާސްކުރަން ހުށައަޅާ ކޮންޓެންޓް ކޮޕީކަމުގައި ވިޔަސް އޯޑިއޯ ޑިސްޓޯޓު ނުވުން އަދި ވީޑިއޯ މައްޗަށް ލޯދޯ ފަދަ ލިޔުންތައް ނޭރުވުން (ބަލަން އުނދަގޫވާނޭ އެއްވެސް ކަނެއް ނުހުރުން)
  • ހުށައަޅާ ކޮންޓެންޓަކީ ފައިނަލް ޕްރޮޑަކްޝަން ކަމުގައިވުން (ފަހުން މަންޒަރެއް، އަޑެއް، އިފެކްޓެއް، ޓައިޓެލްއެއްވިޔަސް އިތުރު ކުރަން ނުޖެހުން)
  • Project format should be 1080i/50
  • Export format should be XDCAM MXF OP1a
  • File naming should be in the format of

DDMMYY_ProgName_EpiNo_OfficeName 

 

28 ފެބުރުވަރީ 2018