ދިވެހިރާއްޖެ
އިއުލާން
އޮފީސް މަސައްކަތު މަޤާމަށް މީހަކު ބޭނުންވެއްޖެ.
| 
 މަޤާމް:  | 
 މަސައްކަތު  | 
||
| 
 މަޤާމުގެ ނަންބަރު:  | 
|||
| 
 ބޭނުންވާ އަދަދު:  | 
 01 (އެކެއް)  | 
||
| 
 މަޤާމްގެ ގިންތި:  | 
 ދާއިމީ  | 
||
| 
 މަޤާމުގެ ރޭންކް:  | 
 އެސް. އެސް. 1  | 
||
| 
 މަޤާމްގެ ކްލެސިފިކޭޝަން:  | 
  | 
||
| 
 މަސައްކަތް ކުރަންޖެހޭ އޮފީސް:  | 
 އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ  | 
||
| 
 ސެކްޝަން/ޔުނިޓް:  | 
 ކޯޕަރޭޓް އެފެއާޒް ޔުނިޓް  | 
||
| 
 މަޤާމު އޮތް އޮފީސް:  | 
 އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ  | 
||
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ  | 
||
| 
 މުސާރަ:  | 
 3100.00 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް:  | 
 1000.00 ރުފިޔާ  | 
||
| 
 އިތުރު ޢިނާޔަތްތައް:  | 
  | 
||
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1. ކައުންސިލް އިދާރާގެ އެތެރެ ކުނިކަހައި، ފޮޅައި ސާފުކޮށް މޮއްޕުލުން، 2. ކައުންސިލް އިދާރާގެ ދޮރުފަތްތަކާއި، ދޮރުދާރަތަކާއި ފެންލައިޓްތައް އަދި ބިއްލޫރި ޖަހާފައިވާ ތަންތަނުގެ ބިއްލޫރިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން، 3. ކައުންސިލް އިދާރާގެ ގޯތިތެރެ އާއި މަގުފަޅިތަކުގެ ވިނަނޮޅައި، ކުނިކަހައި ސާފުކޮށް ބެލެހެއްޓުން، 4. ކައުންސިލް އިދާރާގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން، 5. ކައުންސިލް އިދާރާގެ ގޮނޑި މޭޒުތަކުން ހިރަފުސް ފޮޅައި، ފެންފޮތިލައި ސާފުކޮށް ބެލެހެއްޓުން، 6. ކައުންސިލް އިދާރާގެ ބަގީޗާތަކާއި، ކޮށައި ބަލަހައްޓަންޖެހޭ ގަސްތައް ކައުންސިލުން އަންގާ ގޮތެއްގެ މަތީން ކޮށައި ބެލެހެއްޓުން، 7. ކައުންސިލް އިދާރާގެ އޭސީތަކާއި އެހެނިހެން މެޝިނަރީޒް އަދި އިކުއިޕްމަންޓްސް ސާފުކޮށް ބެލެހެއްޓުން، 8. ކައުންސިލް އިދާރާއިން އަދި އިދާރާ ބައިވެރިވެގެން ބާއްވާ ބައްދަލުވުންތަކާއި، ޙަފްލާތައް ނުވަތަ ޖަލްސާތަކާއި ސެމިނަރ ނުވަތަ ފޯރަމްތަކަށް ތަން ތައްޔާރުކުމާއި އެކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުން، 9. ކައުންސިލް އިދާރާއިން އެކި ފަރާތްތަކާއި ޙަވާލުކުރަންޖެހޭ ތަކެއްޗާއި ލިޔެކިޔުންތައް ޙަވާލުކުރުމާއި، އަންގަންޖެހޭ އެންގުންތައް އެންގުން، 10. ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގެ ކުދި މަރާމާތުތައް ކުރުން، 11. ކައުންސިލް އިދާރާގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް،  | 
||
| 
 މަޤާމުގެ ޝަރުޠުތައް: 
  | 
 ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 
  | 
  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެކޮޕީ ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.( ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސިޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 
  | 
||
| 
 މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 ވަޒީފާއަށް އެދޭ ފޯމް އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެwww.csc.gov.mv ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވެނޭއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 މާރިޗު 2018 ވާ އާދީއްތަ ދުވަހު ދުވަހުގެ 13:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސްބަލައިގަނެވޭނެއެވެ. އީ-މެއިލްއެޑްރެހަކީ: [email protected] ، ފެކްސްނަމްބަރަކީ 6680884 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.  | 
||
| 
 އިންޓަރވިއު އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި، އަދި ޕްރެކްޓިކަލްސް އޮންނާނޭ ދުވަހެއް ފަހުން އެންގޭނެއެވެ. 
  | 
||
| 
 ޝޯޓް ލިސްޓްކުރުން:  | 
 މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
||
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  | 
 މިމަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %25 (ފަންސަވީސްް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.  | 
||
| 
 އިތުރު މަޢުލޫމާތު  | 
 މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6680056 ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6680884 އެވެ. އީ-މެއިލް ކުރާނީ 
  |