ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)339-CAA/339/2018/16
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 08 މާރިޗު 2018 12:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-221411

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3                                              

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއަރޒް

މަޤާމް އޮތް އޮފީސް:

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ، އއ. ތޮއްޑޫ

މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1500 (ފަނަރަ ސަތޭކަ) ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް 2

މަހަކު -/700 (ހަތްސަތޭކަ) ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ރަށުގެ އާބާދީ އާއި ވިހާމަރުވާ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބަލަހައްޓައި އެމަޢުލޫމާތު ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

-            ރައްވެހިކަން ބަދަލުކުރުމާގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން،

-            އުފަން ސެޓުފިކެޓް ހެދުމާ ބެހޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

-            އައި.ޑީ.ކާރޑު ހެދުމަށް ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

-            ރަށުގެ އާބާދީ އާއި ބެހޭ މަޢުލޫމަތު ކޮންމެ މީލާދީ މަހެއް ނިމުމުން 5 ދުވަހުގެ ތެރޭގައި އާއްމުކުރުން.

  • ރަށުގެ ވިހާ މަރުވާ ރެކޯޑް ބަލައި، ކޮންމެ ތިންމަހުން އެއްމަހު ވިހާ މަރުވާ ރިޕޯޓް 3 މަސް ވޭތިވުމުން ތައްޔާރުކޮށް (އޭޕްރީލް، ޖުލައި، އޮކްޓޯބަރ، ޖެނުއަރީ،) މި މަސްތަކުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވުން،
  • ރަށްވެހިންގެ ތެރެއިން 65 އަހަރުން މަތީގެ މީހުން މަރުވުން މަރުފޯމް އެދުވަހު ނުވަތަ ޖެހިގެން އަންނަ ދުވަހު މެސެޖަކާއި ހެލްތު މިނިސްޓްރީއަށާއި، ޕެންޝަން އެޑްމިޓްރޭޝަން އޮފީހަށް ފޮނުވުން.
  • އެއްގަމާއި، ކަނޑުގައި ދުއްވާއުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސާއި، އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް އާބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބެލުން.
  • ކައުންސިލުން ހަދަންޖެހޭ އެންމެހައި ރަޖިސްޓަރީ ތަކާއި ހުއްދަތައް ހެދުން

-            ރަށުކައުންސިލުން ހަދައިދޭ އިންޕޯޓް މުދާ ވިއްކުމުގެ ހުއްދަ،  ސައިހޮޓާ/ ކެންޓީން/ ކެފޭ/ ރެސްޓޯރަންޓް ތިއޭޓަރ/ ސިނަމާ/ ފިލްމު ކުއްޔަށް ދިނުން ފަދަ ޚިދުމަތްތައް ދޭތަންތަނުގެ ރަޖިސްޓަރީ، ހެދުން. 

-            ގޯތީގެ ރަޖިސްޓަރީ، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ، ހެދުން.

-            އެކި މަސައްކަތްކުރުމަށް ބިންވެރިފަރާތުން އިއުތިރާޒުނުކުރާކަމުގެ ލިއުން.

  • އިމިގްރޭޝަންއިން ފޮނުވާ ވިސާގެ މައްސަލަތަކަށް ޖަވާބުދިދުން.
  • ކައުންސިލްގެ ދުވަހު ޔައުމިއްޔާ ގަވާއިދުން ލިއެބެލެހެއްޓުން.
  • ކޯސަތަކާ، ވޯކްސޮޕް،  ސެމިނަރ، ފަދަކަންކަން ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން
  • ސަރުކާރުން ފާހަގަ ކުރާދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމަށް ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރުން
  • ސިވިލްސަރވިސް މުވައްޒަފުން ގެ ޕީ.އޭ ފޯމްތަކުގެ އިދާރީ ބައި ފުރިހަމަކޮށް، މަސައްކަތް ކުރަންޖެހޭ މުއްދަތައް ތައްޔާރުކޮށްފައިބެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

  1. ހިއުމަން ރިސޯސް މެނެޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން / ބިޒުނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަންޓެކްނޮލޮޖީ / ޕްރޮޖެކުޓް މެނޭޖަމަންޓް  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެނންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން ސީ ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ (%)

ތަޢުލީމާއި ތަމްރީނު

 ލިބިފައިވާ އިތުރު ތަޢުލީމް

60

25.5

 ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

12.5

އިމްތިޙާން

 ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް

 އެދޭ އިމްތިޙާން  

12

5

މަސައއްކަތުގެ ތަޖުރިބާ

 ވަޒީފާއާ ގުޅޭ ތަޖުރިބާ

23

10

 އެހެނިހެން ތަޖުރިބާ

10

4

ލިބިފައިވާ ހުނަރު

 އިންޓަވިއު /ޕްރެކްޓިކަލް

100

43

ޖުމްލަ

 

235

100

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މާރިޗު 8ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އއ. ތޮއްޑޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެ އެވެ

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 11 މާރިޗު 2018 އާއި 13 މާރިޗު 2018 އާއި ދެމެދު އއ.ތޮއްޑޫ ކައުންސިލް އިދާރާގަ އޮންނާނެ އެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް)  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއެއްގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެމަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6660537) ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

27 ފެބުރުވަރީ 2018