މަސައްކަތް
ނަންބަރު: (IUL)245/245/2018/05
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 13 މާރިޗު 2018 11:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

 

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ                     

   ހއ.އުލިގަން،ދިވެހިރާއްޖެ                                                                                                                        

                                                                                                           

                                               

                                              ނަމްބަރ: IUL)245/245/2018/5

 

އިޢުލާން

އަންދާސީ ހިސާބު ހޯދުން

           

ހއ.އުލިގަމުގައި އަލަށް މީހުން އާބާދު ވަމުންދާ ސަރަހައްދުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑި ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތައް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 މާރިޗު 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 މާރިޗު 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫނު ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރު: 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

        އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 13 މާރިޗު 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޟިރުވުން އެދެމެވެ. 

        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުމާދަލްއާޚިރާ 1439

27 ފެބްރުއަރީ 2018

27 ފެބުރުވަރީ 2018