ކުއްޔަށް ހިފުން
ނަންބަރު: MNU-CA-FM/2018/19
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 04 މާރިޗު 2018 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޕާރޓްމަންޓް/ގެ ކުއްޔަށް ހިފުން

އިޢުލާން

 

22 ޖަނަވަރީ 2018 ވަނަ ދުވަހު ގެޒެޓް ކުރެވުނު ނަންބަރު MNU-CA-FM/2018/06  އަށް  އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް އަލުން ޢިއުލާން ކުރަމެވެ.

ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 މާރިޗް 2018 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓިގެ ހިތަދޫ ކެމްޕަހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ދިނުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 14:00 އަށް ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސިހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 06 މާރިޗް 2018 ވާ އަންގާރަ ދުވަހުގެ 10:00 ގައި ހިތަދޫ ކެމްޕަހުގައެވެ.

27 ފެބުރުވަރީ 2018