ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)56-CAS/56/2018/6
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 11 މާރިޗު 2018 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ލައިބްރޭރިއަން
ބޭނުންވާ އަދަދު :1

އިޢުލާން

 

މަޤާމް:

އެސިސްޓެންޓް ލައިބްރޭރިއަން

 

މަޤާމުގެ ނަންބަރު:

J-265928

 

ބޭނުންވާ އަދަދު:

01

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ.އެސް.3 

 

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ސެކްޝަން:

ކަލެކްޝަން އެންޑް ސާރވިސް ސެކްޝަން/ ލައިބްރަރީ ސާރވިސް ޔުނިޓް

 

މަޤާމް އޮތް އޮފީސް:

ޤައުމީ ކުތުބުޚާނާ

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޤައުމީ ކުތުބުޚާނާ

 

މަސައްކަތު ގަޑި

މެންދުރު 12:00 ން އިރުއޮއްސި 6:00 ށް ދުވާލަކު 6 ގަޑިއިރުއެވެ. 30 މިނިޓް ބްރޭކް ލިބޭނެ.

އަދި އެ މުވައްޒަފުން ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާންޖެހޭނެއެވެ.

 

މުސާރަ:

-/4465 ރުފިޔާ

 

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

 

ސަޕޯޓިންގ ކޯ އެލެވަންސް:

-/700 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

-          ސާރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް ކުރުން.

-          ރިފަރެންސް ސަރވިސްގެ ޚިދުމަތް ދިނުން.

-          މެމްބަރޝިޕް ރެޖިސްޓްރޭޝަން ހަދައިދިނުން.

-          ދުވަހުން ދުވަހަށް ތަފާސް ހިސާބުތައް ރިކޯޑް ކުރުން.

-          ސަރވިސް ކައުންޓަރަށްް ލިބޭ ފައިސާއަށް ރަސީދު ހަދައި ރެކޯޑް ބެލެހެއްޓުން.

-          ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރިއާ ހަވާލުވެހުންނަ މުވައްޒފާާއި ހަވާލުކުރުން.

-          ލައިބްރަރީގެ ޚިދުމަތްދޭ ކަލެކްޝަންތައް ބެލެހެއްޓުމަށް ޙަވާލު ކުރެވިފައިވާ އުސޫލުން ޑިއުޓީ އަދާކުރުން.

-          ޝެލްވިންގއާ ބެހޭ މަސައްކަތްކުރުން.

-          ކަސްޓަމަރުންނަށް ފޮޓޯކޮޕީ/ސްކޭންކުރުމުގެ ޚިދުމަތް ދިނުން.

 

މަޤާމުގެ ޝަރުތު:

 

-          ލައިބްރަރީ ސައިންސްގެ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-          ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ނޯޓް: ފައިނޭންސްގެ ދާއިރާއިން މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nlm.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މާރިޗު 11 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 މާރިޗު 17 ވަނަ ދުވަހާއި 2018 މާރިޗު 28 ވަނަ ދުވަހާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާތަކަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323943 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

09 ޖުމާދަލްއާޚިރު 1439

25 ފެބުރުވަރީ 2018