ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-HRS/221/2018/7
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 05 މާރިޗު 2018 00:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޕަރަލީގަލް އޮފިސަރ

 

 

                            ނަމްބަރު:IUL)221-HRS/221/2018/7)

ވަޒީފާގެ ފުރުޞަތު

 މި އޮތޯރިޓީއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

 

މަޤާމް: ޕަރަލީގަލް އޮފިސަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

ކުލެސިފިކޭޝަން: GS4

އަސާސީ މުސާރަ:-/5,020ރ

ސަރވިސް އެލަވަންސް:-/1,500ރ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

އުޖޫރަޔާއިޢިނާޔަތްތައް

 

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު-/3,000 (ތިން ހާސް) ރުފިޔާ ދެވޭނެއެވެ. 

 

މަޤާމުގެ ޝަރުތުތައް

 

 

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ،
  • މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

 

  • ކައުންސިލެއްގެ ޤާނޫނީ ޒިންމާ އަދާނުކުރެވޭ ހާލަތެއްގައި ކައުންސިލާއި މެދު ފިޔަވަޅު އެޅުމާއި ކައުންސިލް އުވާލުމަށް ހައިކޯޓަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާ ޤާނޫނީ ކަންކަންކުރުމުގައި އެހީތެރިވުން.
  • އޮތޯރިޓީން ބަންޑާރަ ނައިބުގެ ލަފާ ހޯދަންޖެހޭ ކަންކަމުގައި ލަފާހޯދުމުގައި އެހީތެރިވުން.
  • ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނަމަ އެކަން ފާހަގަކޮށް، މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރުން.
  • އޮތޯރިޓީއަށް ބޭނުންވާ ޤާނޫނީ ލަފައާއި ހުށަހެޅޭ މައްސަލަތަކުގައި ޤާނޫނީ ގޮތުން ދޭންޖެހޭ ލަފާ ދިނުމާއި އެކަމާއި ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަފާ ދިނުމުގައި އެހީތެރިވުން.
  • އެކި ކަންކަމުގައި ކައުންސިލަތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމުގައި އެހީތެރިވުން.
  • ކައުންސިލްތަކުން ތަފާތު ކަންކަމާއި ގުޅިގެން ނަގަން ޖެހޭ ބަޔާންތައް ނެގުމުގައި އެހީތެރިކަން ދިނުން.
  • ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެކުލަވާލަން ޖެހޭ ޤަވާއިދުތަކަށް ބޭނުންވާ ނަމޫނާތައް ހެދުމާއި، އެފަރާތްތަކުން އެކުލަވާލާ ޤަވާއިދުތައް ގެޒެޓްކުރުމުގައި އެހީތެރިވުން.
  • އޮތޯރިޓީއިން ހަދާ ތަފާތު ޤަވާއިދުތަކާއި އުޞޫލުތައް ހެދުމުގައި އެހީތެރިވުން.
  • މި އޮތޯރިޓީން ކަނޑައަޅާ ޝެޑިއުލެއްގެ ދަށުން އޮފީސް ހުޅުވާ ލެއްޕުން.
  • މިނޫނަސް އޮފީހުގެ ޤާނޫނީ މަސައްކަތްތަކުގައި އެހީތެރިވުން.

 

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން

  • މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުންލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
  • ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  •  ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް. (ސަރުކާރު ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއް ނޫން ތަނެއްގެ ލިޔުމެއް ހުށަހަޅާނަމަ އެތަނެއްގެ މުވައްޒަފުންގެ އަދަދު ލިޔުމުގައި ހިމެނެންވާނެއެވެ.) 

 

ސުންގަޑި

  • މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއިއެކު 2018 މާރިޗު 05 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
  • މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3006724 އިން ސާފުވާނެއެވެ.

 

 

 

 

 

26 ފެބުރުވަރީ 2018