މަސައްކަތް
ނަންބަރު: FSM-ADV-2018/009
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 01 މާރިޗު 2018 11:30
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެފް.އެސް.އެމްގެ ސައިޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                     

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން މާލެއާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމު ކޮށްފައިވާ އެފް.އެސް.އެމް ފިއުލް ޝެޑްތަކާއި، އެހެނިހެން ސައިޓްތަކުގެ ސެކިއުރިޓީ، 1 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 08 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331453 ނުވަތަ 3331457 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

26 ފެބުރުވަރީ 2018