ދިވެހިރާއްޖެ
އިޢުލާން
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެންބަރުން ހޮވުން:
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. ތިރީގައިވާ ދާއިރާއަށް މި ކައުންސިލަށް ބޭނުންވަނީ، މި މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.
1- ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) 5 ވަނަ މާއްދާގެ (ހ) (4) ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިހާބް ކުރާ މެންބަރު.
ދާއިރާ |
ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) 5 ވަނަ މާއްދާގެ (ހ) (4) ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިޚާބް ކުރާ މެންބަރު |
ޝަރުޠުތައް |
- މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު ހުރުމާއެކު
|
ހުށަހަޅަންޖެހޭ ތަކެތި |
- މި ވަޒީފާއަށް ޝައުގުވެރިކަން ހުރިކަން ބަޔާންކޮށް ހުށަހަޅާ ސިޓީ. - މެޑިކަލް އެސޯސިއޭޝަނުގެ ލިޔުމެއް ނުވަތަ ސައިކިއެޓްރިސްޓެއް / ސައިކޮލޮޖިސްޓެސަ / ކައުންސެލަރެއްކަން އަންގައިދޭ ލިޔުމެއް. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ އަސްލާ އެއްގޮތަށްކަމަށް ރަސްމީ ފަރާތެއްގެ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ލިއުމެއް) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ޕޮލިސް ރިކޯޑް. - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ. |
އެލަވަންސް |
-/5000 ރުފިޔާ |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ދަށުން އެކުލަވައިލާފައިވާ ކައުންސިލުގެ މެންބަރެއްގެގޮތުގައި މަސައްކަތްކުރުން. - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ބައްދަލުވުންތަކުގައި މަޝްވަރާއާއި ޚިޔާލުދިނުމާއި ކައުންސިލްގެ މެންބަރެއްގެގޮތުގައި އެހީތެރިވުން. |
ސުންގަޑި |
2018 މާރިޗު 7 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑެ ފެމިލީއަށެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3013017 ނަންބަރު ފޯނަށެވެ. |
10 ޖުމާދުލްއާހިރް 1439
26 ފެބްރުއަރީ 2018