ދިވެހިރާއްޖެ
ނަމްބަރު:IUL)297/INDIV/2018/12
އިޢުލާން
މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިއިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި ނ.ވެލިދޫ ބަނދަރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ބޯޑުތައް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިއިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 2018 މާރޗް 1 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި  | 
| 
 އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ކެނޑުން  | 
 2018 މާރޗް 7 ވާ ބުދަ ދުވަހުގެ 10:00 ގައި  | 
މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
މިއިއުލާނާ ގުޅިގެން 21 ފެބްރުއަރީ 2018ގައި ކުރެވުނު ނަމްބަރު:(IUL)297/INDIV/2018/11 އިއުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވާފައި ނުވާތީ އެއިއުލާން ވަނީ ބާޠިލްކުރެވިފައެވެ.
| 
 މާކްސްދެވޭ ކްރައިޓީރިއާ  | 
 މާކްސް ދެވޭ ގޮތް  | 
 ތަފުސީލު  | 
 ފޯމިއުލާ  | 
| 
 އަގު  | 
 80%  | 
  | 
 (Benchmark Price / Submitted Price) x Allocated Percentage  | 
| 
 ތަޖުރިބާ  | 
 10%  | 
  | 
 ( Submitted years of experience / Benchmark years ) x Allocated Percentage  | 
| 
 މުއްދަތު  | 
 10%  | 
  | 
 (Benchmark Delivery Period / Submitted Delivery Period) x Allocated Percentage  | 
10 ޖުމާދުލްއާޚިރު 1439
26 ފެބްރުއަރީ 2018