މުބާރާތް
ނަންބަރު: MBA/IUL/2018/08
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 22 މާރިޗު 2018 13:30
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
20 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް 2018

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 1 އޭޕްރިލް 2018 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން 15 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ބައިވެރިވާ އުމުރުފުރާ އާއި މިމުބާރާތާއި ގުޅިގެން މިއެސޯސިއޭޝަނުން އެ ސްކޫލަކާއެކު މުއާމަލާތް ކުރާނެ ފާރާތެއްގެ ނަމާއި ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ. އަދި ޓީމްލިސްޓް 22 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުންއެދެމެވެ.

މިމުބާރާތުގެ ޤަވާއިދާއި ޓީމްލިސްޓް ހުށަހަޅާ ފޯރމްގެ އިތުރުން މުބާރާތާއިބެހޭ މަޢުލާމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

މިމުބާރާތް ހުޅުވާލެވިފައިވަނީ ތިރީގައި މިދަންނަވާ އުމުރު ފުރާތަކަށެވެ.

12 އަހަރުން ދަށް ( އަންހެން / ފިރިހެން )

14 އަހަރުން ދަށް ( އަންހެން / ފިރިހެން )

16 އަހަރުން ދަށް ( އަންހެން / ފިރިހެން )

 

26 ފެބުރުވަރީ 2018