ޢާންމު މަޢުލޫމާތު
ނަންބަރު: GS97/IUL/2018/011
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 06 ފެބުރުވަރީ 2018 13:00
މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

                                                          

2018 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

            2018  ވަނަ އަހަރު ގެ އޭޕްރިލް 18 އިން ފެށިގެން 2018 ޑިސެމްބަރ 31ވަނަ ދުވަހުގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2018 މާޗް 06 ވާ އަންގާރަ ދުވަހުގެ 1.00 އަށް މަކުނުދޫ ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 2018 މާޗް 15 ވާ ބުރާސްފަތި ދުވަހުގެ 1:00ގައި އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ބީލަން ހުށަހަޅުއްވަން  ޙާޟިރުވެލައްވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލު ކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތެއްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ.  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރ 6520529 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

10 ޖުމާދަލްއާޚިރާ 1439

26 ފެބްރުއަރީ  2018

26 ފެބުރުވަރީ 2018