ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2018/42
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި:
05 މާރިޗު 2018 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުން ވެއްޖެ
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން)ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 |
އަސާސީ މުސާރަ: |
4350.00 ރުފިޔާ |
މަސައްކަތް ކުރަންޖެހޭތަން: |
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް / އިލެކްޓްރޯނިކްސް |
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި 1500.00ރ އާއި 2000.00ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމްގެ މަސްއޫލިއްޔަތު
- ކޯޓޭޝަންތަކާއި ގުޅުންހުރި ލިޔެކިއުންތައް ބެލެހެއްޓުން
- ކަސްޓަމަރުންނާ މުއާމަލާތްކުރުން
- އެލެވޭޓަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުން
- އޮފީހުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައްް ކުރުން
ފެންވަރު ނުވަތަ ޝަރުތު
- އޭލެވެލްގެ 2 މާއްދާއިން "ސ" ފާހަށްވުރެ މަތީން ފާސްވެފައިވުން
- މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑް ބޭނުންކުރަން އެނގުން / އޮޓޯކެޑް ބޭނުންކުރަން އެނގުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން
- ސިވިލް އިންޖިނިއަރިންގ ނުވަތަ އަރކިޓެކްޗަރ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 މާރޗް 05 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344264 / އީމެއިލް އެޑްރެސް:[email protected]
2018 ފެބްރުއަރީ 25
25 ފެބުރުވަރީ 2018