ތަމްރީނު
ނަންބަރު: (IUL)374-A/374/2018/25
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 28 ފެބުރުވަރީ 2018 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުކަމުގެ ޑިގްރީ ކޯސް، ޤުރުޢާން މުދައްރިސްކަމުގެ ޑިގްރީ ކޯހަށް މީހުން ހޯދުން

އިމާމު ކަމުގެ ޑިގްރީ ކޯސް، ޤުރުޢާން މުދައްރިސްކަމުގެ ޑިގްރީ ކޯހަށް މީހުން ހޯދުން

ކީރިތި ޤުރުޢާނާ ބެހޭ މަރުކަޒާއި ނިލަންދޫ ކައުންސިލާއި ގުޅިގެން ތިރީގައި މިދަންނަވާ ކޯސްތައް 2018 ވަނަ އަހަރު ނިލަންދޫގައި ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

1-   އިމާމު ކަމުގެ ޑިގްރީ ކޯސް

 

ޝަރުޠު:   1- ގުޅޭ ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލް ކޮށްފައިވުން

2-         މަރުކަޒުން ދޭ ބަސްދީ ގަތުމުން ފާސްވުން

3-         ކޯހަށް އަހުލުވެރިކުރުމަށްޓަކައި ހިންގާ ތައުހީލީ (ފައުންޑޭޝަން) ކޯހުން ފާސްވުން

މުއްދަތު     03 އަހަރު (6 ސެމިސްޓަރ)

2-   ޤުރުޢާން މުދައްރިސް ކަމުގެ ޑިގްރީ ކޯސް

 

ޝަރުޠު:      1- ހ.  މަރުކަޒުން ހިންގާ ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ހާޞިލްކޮށްފައިވުން ނުވަތަ        ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 04 ގެ ޤާރީ ކޯހެއް ފުރިހަމަކޮށް ސަނަދު ޙާޞިލް ކޮށްފައިވުން

2-        މަރުކަޒުންދޭ ބަސްދީގަތުމުން ފާސްވުން

މުއްދަތު     03 އަހަރު (6 ސެމިސްޓަރ)

 

 

 

 

ވީމާ، މިކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2018 ފެބުރުވަރީ 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ނިލަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 

25 ފެބުރުވަރީ 2018