ދިވެހިރާއްޖެ
މިއިދާރާއިން ކޮށްފައިވާ ނަމްބަރ:(IUL)274/INDIV/2018/05 އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.މިއިދާރާއަށް ތިރީގައި ވާ ތަކެތި ހޯދަން ބޭނުންވެއްޖެއެވެ.ވީމާ މިތަކެތި މިއިދާރާއަށް ފޯރުކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 ފެބުރުއަރީ 2018 ވާ ބުދަ ދުވަހުގެ 10:00 ށް މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާޗް 2018 ވަނަދުވަހުގެ 10:00 ށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދަދު |
ނަން |
09 |
އެނދު |
09 |
ގޮދަޑި |
04 |
ކަބަޑު ދެދޮރުފަތްލީ |
01 |
ސޯފާސެޓް |
18 |
ބާލީސް |
36 |
ބެޑްޝީޓް |
36 |
ބާލީހުއުރަ |
01 |
އިސްތިރި |
01 |
އިސްތިރިކުރާ މޭޒް |
01 |
ދޮންނަމެޝިން |
04 |
ގަނޑު ދޮރުފޮތި |
24 |
ކޮނޑު |
04 |
އޭސީ |
04 |
އަތްގަނޑު ތަޅު |
09 |
ފައިފުހި |
18 |
ތުވާލި |
އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރުނީޗަރާއި،މެޝިނަރީ ހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540045 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ފެބުރުއަރީ 2018