މަޤާމް:
|
ރިސަރޗް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-290799, J-290798
|
ބޭނުންވާ އަދަދު:
|
02 (ދެއެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ސެކްޝަން/ޔުނިޓް:
|
ރިސަރޗް އެންޑް އެވެއަރނަސް ސެކްޝަން
|
މަޤާމް އޮތް އޮފީސް:
|
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް / ކ. މާލެ
|
މުސާރަ:
|
މަހަކު 5610.00ރުފިޔާ،
|
ސަރވިސް އެލެވަންސް:
|
މަހަކު 2000.00 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް::
|
- ހަވާލުކުރެވޭ މަސައްކަތްކުގެ ދާއިރާގައި މަސައްކަތްތައް ކުރިއަށް ގެންދާނެ ޕްލޭނެއް އެކުލަވާލުމާއި އެ ޕްލޭނާއެއްގޮތަށް މަސައްކަތް ކުރުން.
- އިސްލާމީ ފަތުވާދޭ އެންމެ މަތިޖީލަށް ބޭނުންވާނެ އެކިއެކި ކަންކަމުގައި ޢިލްމީ ދިރާސާތައް ކުރުމާއި ހޯދުންތައް ހޯދުމާއި ލިޔެކިޔުންތައް ތައްޔާރު ކުރުން.
- އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ހުށަހެޅޭ ކަންކަމާއި މައްސަލަތަކާއި ދިރާސާ ކުރަން ބޭނުންވާ ކަންކަމުގައި އިސްލާމީ އެކި ގައުމުތަކުގައި ދީނީ ގޮތުން ނެރެފައިވާ އެކިއެކި ފަތުވާތަކާ ޢިލްމުވެރިންގެ ރަޢުޔުތަކާއި ހޯދިފައިވާ ހޯދުންތައް ދިރާސާކޮށް ހުށަހެޅުން.
- މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އެކިއެކި ހޯދުންތައް ހޯދުމަށް ބޭރުން އަންނަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން.
- މަޖުލީހުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ހުށަހަޅަން ބޭނުންވާނެ އެކިއެކި ކަންކަމާ ގުޅޭ ރިސަރޗް ހެދުމާއި، އެކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
- މަޖިލީހުން ނެރޭ ފަތުވާތަކާ، ޢާންމު ކުރުންތަކާ ގުޅޭ ޕްރެޒެންޓޭޝަންތަކާ ލީފްލެޓްތަކާއި އަރޓިކަލްތަކާއި ފޮތްތައް ތައްޔާރުކޮށް ޢާންމު ކުރުން.
- މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ޢިލްމީ ބައްދަލުވުންތަކާއި ސެނިނަރތަކާއި ކޮންފަރެންސްތައް އިންތިޒާމް ކުރުމާއި ޢިލްމީ ހުށަހެޅުންތައް ހުށަހެޅުން.
- މަޖިލީހުގެ މަސައްކަތުގެ ދާއިރާގައި ހިންގަންޖެހޭ ތަމްރީނު ޕްރޮގްރާމްތަކާއި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- މަޖިލީހުގެ މަސައްކަތްތަކަށް ބޭނުންވާނެ އެކިއެކި ދާއިރާތަކުން ބޭނުންވާނެ މައުލޫމާތު އެއްކުރުމާއި އެތަކެތި ފަސޭހައިން ހޯދޭނެ ފޯމެޓްތަކުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ރިސަރޗްތަކާއި، ހޯދާ މަޢުލޫމާތާއި، ލިޔެކިޔުންތަކާއި، އޯޑިއޯއާއި، ވީޑިއޯ ފަދަ ތަކެތި، އޭގެ ޞައްޙަކަން ނުގެއްލޭގޮތަށް އަދި ސިއްރު ހިފެހެއްޓޭނެހެން ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- އެކިއެކި ލިޔެކިޔުންތައް ދިވެހިބަހާއި އިނގިރޭސިބަހާއި އަރަބިބަހަށް ތަރުޖަމާކުރުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ހަވާލު ކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން) ޝަރީޢާ އެންޑް ލޯ، ޝަރީޢާ، އިސްލާމިކް ސްޓަޑީޒް، ހަދީޘް، ތަފްސީރު، އުސޫލުއްދީން، އަޤީދާ، ދަޢުވާ، ފިޤްޙު، އުސޫލުލްފިޤުޙު) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމު މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ،
- މަގާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން (ޝަރީޢާ އެންޑް ލޯ، ޝަރީޢާ، އިސްލާމިކް ސްޓަޑީޒް، ހަދީޘް، ތަފްސީރު، އުސޫލުއްދީން، އަޤީދާ، ދަޢުވާ، ފިޤްޙު، އުސޫލުލްފިޤުޙު) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
- މަގާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން (ޝަރީޢާ އެންޑް ލޯ، ޝަރީޢާ، އިސްލާމިކް ސްޓަޑީޒް، ހަދީޘް، ތަފްސީރު، އުސޫލުއްދީން، އަޤީދާ، ދަޢުވާ، ފިޤްޙު، އުސޫލުލްފިޤުޙު) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން) %38
- އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5
- ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ
- އެހެނިހެން މަސައްކަތުގެ ތަޖުރިބާ %4
- ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް) %43
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.islamicaffairs.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މާރޗް 08 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ، 2018 މާރޗް 15 އާއި 2018 މާރޗް 30 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
30% (ތިރީސް ޕަސެންޓް )
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020287 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|