ވަޒީފާގެ ފުރުޞަތު
ނަންބަރު: HRH/I/2018/03
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 06 މާރިޗު 2018 13:30
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް، ޕަބްލިކް ރިލޭޝަންސް އޮފިސަރ، އެސިސްޓެންޓް ހައުސް ކީޕަރ

އިޢުލާން

މަޤާމު

ރިސެޕްޝަނިސްޓް

މަޤާމުގެ ނަންބަރު

J-285257

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ރެޖިސްޓްރޭޝަން 

މަޤާމު އޮތް އޮފީސް

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް  ރިސްކް އެލަވަންސް -/25 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް (ރިސެޕްޝަނިސްޓް)

  1. އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވަފަރާތްތަކަށް އިޙުތިރާމާއިއެކު ޖަވާބުދަރިވުމާއި، އަންނަ ކޯލްތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓްގެ އެންމެހައިކަންތައް ހަމަޖެއްސުން.  އަދި އެފަރާތްތަކަށް ކަމާއި ގުޅޭ ހުރިހާމަޢުލޫމަތު ފޯރުކޮށްދިނުން.
  2. އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީކޮށް ކަޑައެޅިފައިވާ ތަރުތީބުން މެމޯދުކުރުން
  3. ރަޖިސްޓްރީކުރުމާއި ނަމްބަރ ދޫކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ނަމްބަރ ދޫކުރަން ފެށުމުގެ ކުރިން މަސައްކަތަށް ބުރުނާރާނެ ގޮތަކަށް ހަމަޖައްސާފައި ބޭއްވުން، ކޮންމެ ޝިފްޓެއގައިވެސް ޑިއުޓީއަށް އައިސް ހޭންޑްއޯވަރ ނެގުމަށްފަހު ލަސްނުކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުން.
  4. އެޕޮއިންޓްމެންޓް ހެދުމަށާއި މެމޯ ދޫކުރުމަށް ކަޑައެޅިފައިވާ ގަޑީގައި އެމަސއްކަތް ފޭށޭނެގޮތަކަށް އިންތިޒާމްކުރުން. މަގުބޫލު އެއްވެސް ސަބަބަކާ ނުލާ ކަޑައެޅިފައިވާ ގަޑީގާ ޚިދުމަތް ނުދެވި ލަސްވެގެންނުވާނެގޮތަކަށް އިންތިޒާމްކުރުން
  5. ފައިލްކުރަންޖެހޭ އެންމެހައި ރިކޯޑް ތައް ތަރުތީބުން ފައިލްކޮށްބެލެހެއްޓުން
  6. އެމްބިއުލަންސްގެ ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދްމަތަށް މަގުފަހިކޮށް ދިނުމާއެކު ، ލަސްނުކޮށް ޚިދުމަތްލިބޭނެގޮތް ހަމަޖެއްސުމައެކު  ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން ، އެމްބިއުލަންސްގެ ދަތުރުތައް ލިއުމަށްހަމަޖެހިފައިވާ ފޮތުގާ ގަވާއިދުން ނޯޓްކުރުމާއި ،ނޯޓްކުރުވުމަށް މަސއްކަތްކުރުން. 
  7. މެޑިކަލް ސަރޓިފިކެޓް /ޑިސްޗާރޖް ސަމަރި ރިފަރެލްފަދަ ތަކެތި ޓައިޕްކުރުން.
  8. ރަޖިސްޓްރޭޝަނުގައި ހިގާ ކޮންމެ މަސައްކަތެއްވެސް ކުރަންޖެހިދާނެތީވެ (ކޭޝިއަރ،ތަރުޖަމާނު،ޕީ.އާރު.އޯ މަސައްކަތް) ހުރިހާ މަސައްކަތް ހިގަމުންދާގޮތުގެ މަޢުލޫމާތު ލިބި އެކަންކުރެވޭނެ މިންވަރަށް މަސައްކަތަށް އަހުލުވެރިވެފައި ހުރުން 
  9. މަޤާމުގެ މަސައްކަތާއި ގުޅިގެން އަންނަ ބަދަލުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލު އޮޅުންފިލުވާ މަސައްކަތަށް އަހުލުވެރި މުވައްޒަފަކަށްވުމަށް އަމިއްލަޔަށް މަސައްކަތްކުރުން
  10. ޑިއުޓީގަޑީގައި މުވައްޒަފަކު ސަލާމްބުނެފިނަމަ , ނުވަތަ އެނޫންވެސް ސަބަކާއިހުރެ އެމުވައްޒަފުގެ މަސައްކަތް ކުރަންހަވާލުވެއްޖެނަމަ އެމަސައްކަތް ޤަވާޢިދާއި އެއްގޮތަށް ކުރުން
  11. ރަޖިސްޓްރޭޝަނުގައި ހުންނަ ކީބޯރޑް(ހޮސްޕިޓަލުގެ ތަންތާގެ ތަޅުދަޑިތައް ބަހައްޓާފައި ހުންނަ) ގެ ތަޅުދަޑި ޙަވާލުކުރެވިއްޖެނަމަ ތަޅުދަޑި ދޫކުރުމާއި ޙަވާލުވުމުގައި ހޮސްޕިޓަލުން ހަމަޖައްސަފައިވަ ގަވާއިދާ އެއްގޮތަސް އެކަންކުރުން.
  12. ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށާއި އެކި ބޭނުންތަކަށް އަންނަ މީހުންނާއި މުޙާތަބުކޮށް ވާހަކަ ދެއްކުމުގާ ނުވަތަ އެހީތެރިވުމުގާ މަޑުމައިތިރިކަމާއި  އިޙުތިރަމާއެކު ރީތި ބަހުން ވާހަކަ ދެއްކުމާއި މީހަކު ނުރުހުންތެރިކަމާއެކު ވާހަކަދެއްކި ނަމަވެސް، އެފަރާތްތަކާއިމެދު ވިހާވެސްރަގަޅަށް ކަންތައްކުރުން. 
  13. ހޮސްޕިޓަލަކީ 24 ގަޑި އިރު ޚިދުމަތްދޭތަނަކަށްވެފާ ހޮސްޕިޓަލުގެ ރެޖިސްޓްރޭޝަނުގާ މަސައްކަތްކުރަ ހުރިހާމުވައްޒަފުންނަކީވެސް 24 ގަޑިއިރު ( ހުރިހާ ދަންފަޅިއެއްގާވެސް ) މަސައްކަތްކުރަންޖެހޭ މުވައްޒަފުންކަން ދަނެ، ޑިއުޓީ ރޯސްޓަރގައި ކަޑައެޅިފައިވާ އެމީހެއގެ ޑިއުޓީއަށް ހާޒިރުވުމަކީ ކޮންމެ މުވައްޒަފަކުވެސް ކުރަންޖެހޭނެކަމެއް.
  14. ރަޖިސްޓްރޭޝަނުގެ މަސައްކަތް ހިގަމުންދާގޮތުން،ނުވަތަ މުވައްޒަފުން މަދުވެ އިތުރު މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގާ، އެމުވައްޒަފެއްގެ  އޮފް ދުވަހަކުވެސް މަސައްކަތަށް ނިކުންނަން އެންގިއްޖެނަމަ ޑިއުޓީއަށް ނިކުންނަންވަނެއެވެ. އަދި މިފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށްބަލާ ފަސޭހައިން ގުޅޭނެ ގޮތެއް ހަމަޖައްސާފަހުރުން.
  15. ޑިއުޓީގަޑިއަކީ ރައްޔިތުންގެ ޚިދްމަތުގައި މަސައްކަތްކުރަންތިބޭ ގަޑިއެއްކަމުން ސެކްޝަނުގެ މަސައްކަތާއި ނުގުޅޭ އެއްވެސް ކަމަކަށް ވަގުތުހުސްކޮށްގެން ނުތިބުން
  16. ޚިދްމަތްދޭން ތިބޭ ގަޑީގައި މުޖުތަމަޢުގެ އަދަބާއި ޚިލާފުނުވާފަދައިން ރީތިކޮށް ހެދުން އެޅުން، އަދި ހޮސްޕިޓަލަށް އަންނަ ފަރާތްތަކާއި އެންމެ ފުރަތަމަ ބައްދަލުވާނީ ރަޖިސްޓްރޭޝަނުގެ މުވައްޒަފުންނާއި ކަމަށްވުމުން އެފަރާތްތަކަށް ހިނިތުންވުމައެކު މަރުޙާބާކިއުން.އެކި ކަންކަމުގަ ކިދުމަތް ހޯދުމަށް ކައުންޓަރުގަ މީހުން ތިބޭވަގުތުތަކުގާ ބާރަށް ވާހަކަ ދައްކާ ހީސަމާސާކޮށް ސަކަރާތްޖަހާ ހެދުން
  17. ރަޖިސްޓްރޭޝަން ކައުންޓަރގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި ކަމާއި ނުބެހޭ އެހެން މުވައްޒަފުން ކައުންޓަރތެރޭގައި ތިއްބަވާނަމަ އެކަން ހުއްޓުވުމަށް މަސައްކަތްކުރުން
  18. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން
  19. ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން، މަސައްކަތައިގުޅުންހުރި މަޢުލޫމަތުތައްހޯދާ ލިބިގަނެ އެފަދަ މަޢުލޫމާތުތަކަށް އަހުލުވެރި މުވައްޒަފަކަށް ވުމަށް މަސއްކަތްކުރުން. އަދި ސެކްޝަނުން ޙާވާލުކުރެވޭ ވަކި މަސައްކަތްތަކާއި ،ހޮސްޕިޓަލާއި އޮފީހުގައި ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްކުރުން'
  20. ހިތަދޫރީޖަނަލްހޮސްޕިޓަލްގެ  ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައި ހިންގޭ މަސައްކަތްތަކުގައި އެހީތެރިކަމެއްބޭނުންވެއްޖެނަމަ ފުރިހަމައެއްބާރުލުމާއި އެހީތެރިކަން ދިނުން .
  21. އެކި  ބޭނުންތަކުގައި އަންނަ މުވައްޒަފުންނާއި، ހޮސްޕިޓަލުގެ ދަށުންހިންގޭ އެހެނިހެން ޞިއްޙީޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އަދި އެހެނިހެން މީހުންނަށްވެސް އިޚްތިރާމާއި ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުނ
  22. ހޮސްޕިޓަލުން ޚިދުމަތްދެވެން ނެތިގެން / ހާލުބޮޑުވެގެން މާލޭ އަށް ނުވަތަ އެހެންތަނަކަށްވެސް ޑޮކްޓަރ ބަލިމީހަކު ރިފަރކުރައްވައިފިނަމަ އެކަމަކާއި ގުޅިގެން ކުރްނަޖެހޭ އެންމެހާކަންތައް ލަސްނުކުރައްވާ ހަމަޖެހިފައިއޮންނަ  އުސޫލުން ވީހާވެސް އަވަހަކަށް ކުރުން . އަދި އެކަންތައް ކުރިއަށްދާގޮތް ބަލިމީހާގެ އާއިލާގެ މީހުންނަށް ސާފުކޮށް ބުނެދިނުން
  23. ހޮސްޕިޓަލުން އަގުނަގާގޮތަށް ހަމަޖެހިފައިވާ  ހިދުމަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ބަލއިގަތުން
  24. ހިދުމަތުގެ އަގުނެގުމުގައި އަގު ކަނޑައަޅާފައިވާ ލިސްޓްގައިވާ ގޮތުގެ މަތީން އަގުނެގުން، އަދި ލިސްޓްގައި އަގު ކަނޑައެޅިފައި ނެތް ހިދުމަތެއް ދޭން ޖެހިއްޖެނަމަ، ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް ދައްނަވައިގެން އަގު ސާފުކުރުމަށްފަހު އަގުނެގުން.
  25. އާންމުކޮށް ބިލްހަދާގޮތަށް އޮފީހުން ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި ، ފަހުން އަގުދައްކާގޮތަށް އެއްވެސް ފަރާތަކަށް ހިދުމަތެއްދޭނަމަ އެފަރާތްތަކުން އެހިދުމަތަށް އެދުނު ލިއުންހޯދާ ވެރިޔަކަށް ދަންނަވާ ހުއްދަހޯދުން.
  26. ކޮންމެދުވަހަކުވެސް ހެދޭ ބިލްތައް  ( އިންޕޭޝަންޓް އައުޓް ޕޭޝަންޓު ވަކިން ) އަނެއްދުވަހު ހެދުނު އޮފިހުގެ ފައިނޭންސް ސެކްޝަނަށް ހަވާލުކުރުން.
  27. ފައިސާ ބަލައިގަތުމާއި މަސއްކަތާއިގުޅޭ އެންމެހާ  ގަވާއިދުތައް ބލާ އެގަވާއިދަށް އަހުލުވެރިވުން. އަދި އޮޅުންއަރާފަދަ ކަމެއް ދިމަވެއްޖެނަމަ ސެކުޝަނުގެ އިސްމުވައްޒަފަކާއި ގުޅައިގެން ރަނގަޅަށް  އެކަމެއް އޮލުންފިލުވުން
  28. ކޮންމެ ދުވަހަކު ލިބޭ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ޖެހިގެން އަންނަ ދުވަހު އޮފީހުގެ ފައިނޭންސްޑިޕާޓްމެންޓްގެކަމާއިބެހޭ މުވައްޒަފާކާއި  ހަވާލްކުރުން .
  29. ފައިސާ ބަލައިގެނެ ރަސީދު ދޫކުރުމަށްފަހު ހިދުމަތް ދެވޭގޮތެއް ނުވެގެން ފައިސާ އަބުރާ ދޭންޖެހިއްޖެނަމަ، އެހިދުމަތް ދޭ ޑިޕާޓްމަންޓްގެމުވައްޒަފަކު އެހިދުމަތް ނުދެވޭ ކަމާއި، ނުދެވުނުސަބަބު ލިޔެ ސޮއިކޮށްފައިވާ ލިޔުމަކާއި އެކު ހުށަހެޅުމުން އެފައިސާ އެފަރާތަކާއި ހަވާލްކުރުން. މިގޮތުން އަނބުރާދެވޭ ފައިސާގެ ރަސީދުގެ އަސްލު އެފަރާތުން ހޯދާ، ރަސީދުގެ ކޮޕީއާއި އެކު ހީރަސްޖަހާ، އެރަސީދުގައިވާ ފައިސާ އަނބުރާ ހަވާލްކުރެވުނުކަމަށް ބިލްގައިލިޔެ އެވަގުތު ސެކްޝަންގެ ޝިފްޓު އިންޗާރޖަކަސްހުރި މުވައްޒަފަކު ލައްވަ ސޮއިކުރުވުން. (އަދި މިގޮތަށް އަނބުރާ ފައިސާދެވޭނީ އެދުވަހެއްގައި ހެދިފައިވަ ރަސީދަކަށް އެދުވަހު ފައިސާދޭ ގޮތަށެވެ.)
  30. އަގުނަގާ ހިދުމަތްތަކަށް އަގުނެގުމުގައި ރިކުއެސްޓް ފޯމް ނުވަތަ މެމޯ ގެނައުމުން އޭގައިވާ ހިދުމަތަށް އަގުނެގުން، އޮޕަރޭޝަން ތިއޭޓަރާއި، ވޯޑުތަކާއި، ފަރުވާދޭ ކޮޓަރިން ދެވޭ ހިދުމަތަށް އަގުނަގާނީ "ސަރވިސް ނޮޓިފިކޭޝަން ސްލިޕް" ގެނައުމުން އެއަށް ބަލައިގެންނެވެ. އަދި މިއުސޫލަށް އިތުރު ބަދަލެއް އަތުވެއްޖެނަމަ ، އެބަދަލަކާއި ގުޅޭގޮތުން ޑިޕާޓްމަންޓުން އަންގާގޮތަކަށް ފައިސާ ބަލައިގަތުމުގައި އަމަލުކުރުން.
  31. ފައިސާ ބަލއިގަންނަ ތައްގަނޑު ކޭޝިއަރެއްގެ ބެލުމުގެ ދަށުގައި ރައްކާތެރި ކަމާއި އެކު ބޭއްވުން.
  32. ފައިސާއިން އަގުނަގާ ބަލިމީހުންނާއި ،އާސަންދަ ނުވަތަ އެނޫންވެސް އިންޝުއަރެންސް އެއްގައި ހިމެނޭ މީހުނގެ އެޑްމިޝަން ޑިސްޗާޖް  އެގޭގޮތަށް ބެލެހެއްޓުން
  33. ކޭޝިއަރުންގެ ޑިއުޓީއާއި ހަވާލުކުރެވިއްޖެނަމަ ތިޖޫރީ އާއި ވައްގަޑުގައި ހުންނަ ފައިސާ ، ތަފްސީލް އެގޭގޮތަށް ފޮތެއްގައި ލިޔެ ހޭންޑް އޯވަރ ދިނުން ، އަދި ތައްގަޑާއި ތަޅުދަޑިތަކާއި ކޭޝިއަރގެ ޙަވާލުގައި ހުންނަ ހުރިހާތަކެއްޗައި ލިއުމުން ޙަވާލުވުން / ހަވާލުކުރުން
  34. ހިދުމަތުގެ އަގުކަނޑައެޅިފައިވާ އަގުލިސްޓާއި އެއްގޮތަށް އަގުނެގުން
  35. އިންޓަނެޓުގެ ޚިދުމަތް ހެޔޮގޮތުގައި ބޭނުންކޮސް މަސައްކަތަށް ބޭނުންވާ އިތުރު މަޢުލޫމާތުހޯދާ މުވައްޒަފަކަށް ވުމަށް މަސައްކަތްކުރުން.
  36. އާސަންދައިގެ ޚިދުމަތާއިގުޅޭ މަޢުލޫމާތުތައް ހޯދާ ލިބިގަތުން / ސެކްޝަނުންކުރާ މަސައްކަތުގެތެރެއިން ކަޑައެޅޭ ވަކިމަސައްކަތެއް ކުރުމާއި ބެލެހެއްޓުމަށް ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއްކުރުމާއި އަދި އެމަސއްކަތެއް ހިންގާ ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް (ރިސެޕްޝަނިސްޓް)

  1. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމެންޓް، މާރކެޓިންގް މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމެންޓް، މާރކެޓިންގް މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު

J-253107

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ރެޖިސްޓްރޭޝަން 

މަޤާމު އޮތް އޮފީސް

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް  ރިސްކް އެލަވަންސް -/25ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް (ޕަބްލިކް ރިލޭޝަންސް އޮފިސަރ)

  1. ހޮސްޕިޓަލަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ އެންމެހައި މައުލޫމާތުތަށް ފޯރުކޮށްދިނުމާއި ދިމާވާ މައްސަލަތައް ހައްލުކޮށްދީ ކަންތައް ރަގަޅަށް އޮޅުންފިލުވާދީހެދުން
  2. މަސައްކަތާއި ގުޅުންހުރި ސެކްޝަންތަކުން ބޭނުންވާ މަޢުލޫމާތުތައް ހޯދާ ލިބިގެންހުރުން ( ލެބޯޓްރީ، އޮފީސް، ނާރސް )
  3. މެޑިކަލް ޗެކްއަޕްހެދުމަށް ބޭނުންވާ މައުލޫމާތު އެކަމަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުން، އަދި މެޑިކަލް ޗެކަޕް ދޫކުރުމާއި ބެހޭ އެންމެހައި ކަންކަންކުރުމާއި ފައިލްކޮށް ބެލެހެއްޓުން ބެލެހެއްޓުން.
  4. ހިދުމަތް ހޯދާ މީހުންގެމެދުގައި ތަފާތުކުރުމެއް ނެތި ހިދުމަތްދެވޭތޯ ބެލުމާއި، ޑޮކުޓަރަށް ދެއްކުމުގެ ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދާއި އެއްގޮތަށް ( ގަޑިން ނަމްބަރ ދޫކުރުމާއި މެމޯ ހެދުން ޑޮކްޓަރ ބަލަން ފެށުން ) ހިގަމުންދޭތޯ ބެލުން.
  5. މެޑިކަލް އިންޝުއަރެންސް ތަކާއިގުޅޭ ގަވާއިދުތަކާއި  މައުލޫމާތު ލިބިގަނެ ރައްޔިތުންނަށް އެފަދަކަންކަމުގައި ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި އެހީތެރިވުން. ޚާއްސަގޮތެއްގާ އާސަންދައިން ދެވޭ ޚިދުމަތްތަކާއި އާސަންދަޔާއިގުޅުންހުރި މަޢުލޫމާތުތައް ލިބިފައިހުރުން.
  6. އިންޓަނެޓުގެ ހިދުމަތްލިބެންހުންނަ މިންވަރަކުން މަސައްކަތަށް ބޭނުންވާ އެންމެހައި މައުލޫމާތު ހޯދާ ބޭނުންކުރުން، އަދި މަސައްކަތަށް ބުރޫއަރާފަދަ ގޮތްގޮތަށް އެއްވެސް ޙާލެއްގާ އިންޓަނެޓުގެ ހިދުމަތް ބޭނުންނުކުރުން.
  7. ރެޖިސްޓްރޭޝަނުގެ އެހެން މުވައްޒަފަކުނެތި ނުވަތަ މުވައްޒަފުން މަދުވެގެން މަސައްކަތް ކުރަންޖެހިއްޖެ ޙާލަތެއްގާ މަސއްކަތްކުރެވޭވަރަށް ރެޖިސްޓްރޭޝަނުގައި ޢާންމުކޮށްކުރާ ހުރިހާ މަސެއްކަތެއްގެ ( ނަމްބަރ ދޫކުރުން، އެޑްމިޝަން އެންޑް ޑިސްޗާރޖް، ތަރުޖަމާކުރުން ފަދަ ) މސައްކަތާގުޚޭ ހުރިހާ މަޢުލޫމާތެއް ފުރުހަމަޔަށް ލިބިގެންހުރުން.
  8. އިންޕޭޝަންޓުންނާއިގުޅޭ މަޢުލޫމާތުތައް ހޯދާލިބިގަތުން، ކޮންމެދުވަހަކުވެސް ވޯޑަށް ޒިޔާރަތްކުރުމާއެކު ރެންޑަމްކޮށް ބަލިމީހުންނާއި ސުވާލުކޮށް ޚިދުމަތުގެ ފެންވަރު ދެނަގަތުން، ( މިގޮތުން ވޯޑް ރައުންޑް ގަޑިންހެދޭތޯއާއި ނަރުހުންގެ ޚިދުމަތާއި އެދުފޮތި ބަދަލުކުރުންފަދަކަންތައް ކުރެވޭތޯ )
  9. އެޑްމިޝަން އެންޑް ޑިސްޗާރޖް ކަންތައް ރަގަޅަށް ކުރިއަށްދޭތޯ ބެލުމާއެކު ޑިސްޗާރޖް ސަމަރީފަދަ ލިއުންތައް ލިއުމުގާ އެހީތެރިވެދިނުން
  10. ރަޖިސްޓްރޭޝަނުގެ މަސައްކަތް ހިގަމުންދާގޮތުން ، ނުވަތަ މުވައްޒަފުން މަދުވެ އިތުރު މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގާ، އެމުވައްޒަފެއްގެ  އޮފް ދުވަހަކުވެސް މަސައްކަތަށް ނިކުންނަން އެންގިއްޖެނަމަ ޑިއުޓީއަށް ނިކުންނަންވާނެއެވެ. އަދި މިފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށްބަލާ ފަސޭހައިން ގުޅޭނެ ގޮތެއް ހަމަޖައްސާފަހުރުން. ކޯލެއް އަތުވެދާނެކަމަށް ވިސްނައިގެން ފޯނުންގުޅޭގޮތަށް ހުރުން.
  11. ޑިއުޓީގަޑިއަކީ ރައްޔިތުންގެ ހިދުމަތުގައި ތިބޭ ގަޑިއެއްކަމުން ސެކުޝަނުގެ މަސައްކަތާއި ނުގުޅޭ އެއްވެސް ކަމަކަށް ވަގުތުހުސްކޮށްގެން ނުތިބުން.
  12. ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމަށް މަސައްކަތްކުރުމާއެކު އެހެން ސެކްޝަންތަކުގެ މުވައްޒަފުންނާވެސް ރަގަޅުގުޅުމެއް އޮތުން
  13. އެމްބިއުލަންސްގެ ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދްމަތަށް މަގުފަހިކޮށް ދިނުމާއެކު ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން ، އެމްބިއުލަންސްގެ ދަތުރުތައް ލިއުމަށްހަމަޖެހިފައިވާ ފޮތުގާ ގަވާއިދުން ނޯޓްކުރުމާއި ނޯޓްކުރުވުމަށް މަސއްކަތްކުރުން.
  14. މަގާމުގެ މަސައްކަތާއި ގުޅިގެން އަންނަ ބަދަލްތައް އޮޅުންފިލުވާ މަސައްކަތަށް އަހުލުވެރި މުވައްޒަފަކަށްވުމަށް މަސައްކަތް ކުރުން.
  15. ޚިދުމަތް ރަގަޅުކޮށް އިސްލާހުކުރުމަށްޓަކާ ކޮންމެ ޝިފްޓެއްގާވެސް ދިމާވާ އެކިއެކި މައްސަލަތައް ( ކޮމްޕްލެއިންސް ރެޖިސްޓަރ ގައި ) ނޯޓްކުރުން
  16. ޑިއުޓީގަޑީގައި މަސައްކަތްކުރާ މުވައްޒަފަކު ސަލާމްބުނެފިނަމަ ނުވަތަ އެނޫންވެސް ސަބަކާއިހުރެ އެމުވައްޒަފުގެ މަސައްކަތް ކުރަންހަވާލުވެއްޖެނަމަ އެމަސައްކަތް ޤަވާޢިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން
  17. ރެޖެސްޓުރޭޝަންގައި ހުންނަ ކީބޯޑް(ހޮސްޕިޓަލުގެ ތަންތާގެ ތަޅުދަޑިތައް ބަހައްޓަފައި ހުންނަ) ގެ ތަޅުދަޑި އެޝިފްޓެއްގައި ހަވާލުވެގެން ހުންނަ މުވައްޒިފު ބޭރަށްދާންވެގެން ނުވަތަ އެހެންސަބަބަކާހުރެވެސް ޙަވާލުކުރެވިއްޖެނަމަ ކަޑައެޅިފައިވާ އުސޫލުން ތަޅުދަޑި ދޫކުރުމާ ބަލައިގަތުމުގެކަންތައް ކުރުން.
  18. ސެކްޝަނުގެ މުވައްޒަފަކު ޗުއްޓީނެގުމާއި ގުޅިގެން  އެމުވައްޒަފެއްގެ މަސައްކަތެއް ވަގުތީގޮތުން ހަވާލްވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން  އެމަސައްކަތްކުރުން.
  19. ހަވާލްކުރެވޭ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން.
  20. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކުޓިވިޓީ ތަކުގައި އަމަލީގޮތުން ބައިވެރިވުމާއި މަވައްޒިފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން.
  21. ހަވާލްކުރެވޭ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން.
  22. ސެކްޝަނުންކުރާ މަސައްކަތުގެތެރެއިން ކަޑައެޅޭ ވަކިމަސައްކަތެއް ކުރުމާއި ބެލެހެއްޓުމަށް ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއްކުރުމާއި އަދި އެމަސއްކަތެއް ހިންގާ ބެލެހެއްޓުން
  23. ހިތަދޫ ރީޖަނަލްހޮސްޕިޓަލުގެ ދަށުން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހިންގޭ މަސައްކަތްތަކުގައި އެހީތެރިކަމެއް ބޭނުންވެއްޖެނަމަ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުން.
  24. ހޮސްޕިޓަލުން ޚިދުމަތްދެވެން ނެތިގެން / ހާލުބޮޑުވެގެން މާލޭ އަށް ނުވަތަ އެހެންތަނަކަށްވެސް ޑޮކްޓަރ ބަލިމީހަކު ރިފަރކުރައްވައިފިނަމަ އެކަމަކާއި ގުޅިގެން ކުރްނަޖެހޭ އެންމެހާކަންތައް ލަސްނުކުރައްވާ ހަމަޖެހިފައިއޮންނަ  އުސޫލުން ވީހާވެސް އަވަހަކަށް ކުރުން . އަދި އެކަންތައް ކުރިއަށްދާގޮތް ބަލިމީހާގެ އާއިލާގެ މީހުންނަށް ސާފުކޮށް ބުނެދިނުން
  25. ސެކްޝަނުންކުރާ މަސައްކަތުގެތެރެއިން ކަޑައެޅޭ ވަކިމަސައްކަތެއް ކުރުމާއި ބެލެހެއްޓުމަށް ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއްކުރުމާއި އަދި އެމަސއްކަތެއް ހިންގާ ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް (ޕަބްލިކް ރިލޭޝަންސް އޮފިސަރ)

  1. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމެންޓް، މާރކެޓިންގް މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމެންޓް، މާރކެޓިންގް މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވ

ނުވަތ

2. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމެންޓް، މާރކެޓިންގް މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމެންޓް، މާރކެޓިންގް މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމު

އެސިސްޓެންޓް ހައުސްކީޕަރ

މަޤާމުގެ ނަންބަރު

J-262952

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ހައުސްކީޕިންގް

މަޤާމު އޮތް އޮފީސް

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

މުސާރަ

-/3875 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް  ރިސްކް އެލަވަންސް -/25ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް (އެސިސްޓެންޓް ހައުސްކީޕަރ)

  1. ހައުސްކީޕންގގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް މުވައްޒިފުންނަށް ފެންނަ ހިސާބުގައި ބެހެއްޓުން.
  2. ސެކުޝަންގެ މުވައްޒިފުންގެ ތެރޭން ސަލާމްބުނާ މުވައްޒިފުނާއި ޗުއްޓީއަށްދާ މުވައްޒިފުންގެ މަސައްކަތް ހިގާނެގޮތަށް ރޭވުން.
  3. ހޮސްޕިޓަލް ފޮޅާ ސާފުކުރުމަށް ހަވާލްވެފައިވާ ފަރާތުގެ މަސައްކަތް  ހިގާނުހިގާގޮތް ބަލާ އެފަރާތާއި އެކު ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނުހިގާނަމަ އެމީހުންގެ ސުޕަވައިޒަރާއި ވާހަކަދައްކާ އެކަން ހައްލުކުރުވުން.
  4. ހޮސްޕިޓަލުގައި ބޭނުންކުރާ ހުރިހާ ފާހާނާތަކުގައި ބޭނުންކުރާ އެންމެހައި ތަކެތި ސާފުކުރުމަށް ކަޑައެޅިފައިވާ ގޮތަށް ސާފުކުރެވޭތޯ ބެލޭނެ ނިޒާމެއް ގާއިމްކޮށް އެކަންބެލެހެއްޓުން، އަދި ފާހާނާތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމަށްޓަކައި ބޭނުންވާ އެންމެހައި މަސައްކަތް ކުރުވުން.
  5. ހޮސްޕިޓަލުގެ ވޯޑުތަކާއި އިމާރާތުގެ އެއްވެސް ތަނެއްގައި ހަލާކުވަފައިވާ ތަނެއްހުރިތޯ ބެލޭނެގޮތް ހަމަޖައްސާ ކޮންމެދުވަހަކު އެމަސައްކަތްކުރުވުން.                                                                        
  6. ޕްރައިވެޓް ވޯޑުތަކުގެ ހާލަތު ކޮންމެދުވަހަކު ޗެކްކުރުވައި ރަގަޅުކުރަން ހުރިކަންތައް ބަލައި ކުރުވުން.
  7. ހައުސްކީޕިންގްއާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި އެކަންތައް ރަގަޅުކުރުމަށް އެކަށީގެންވާ ފިޔަވަޅުއެޅުން.
  8. މަސައްކަތަށް ބޭނުންވާ އެންމެހައި ތަކެތި ސްޓޮކުން ހޯދާ މަސައްކަތްކުރާ ފަރާތްތަކާއި ހަވާލްކުރުން، އަދި އެފަދަތަކެތި ހެޔޮގޮތުގައި ބޭނުންކުރެވޭތޯބެލުން.
  9. ލޯންޑްރީއަށް ދޮންނަން ގެންދާ ބެޑްޝީޓް، ބާލީހުއުރަ ފަދަތަކެތީގެ ރެކޯޑުސް ރަނގަޅަށް ބެލެހެއްޓޭނެގޮތް ހަމަޖެއްސުން.
  10. މުވައްޒަފުން މަސައްކަތް ކުރުމުގައި އިންފެކުޝަނުން ރައްކާތެރިވެ ތިބުމަށް ބޭނުންވާ އެންމެހައި ތަކެތި ހޯދާދިނުން.
  11. ބެޑްޝީޓް ބާލީސް، ބާލީހުއުރަ ހޮސްޕިޓަލުންދޭ ހިދުމަތަށް ދަތިނުވާނެގޮތުގެ މަތިން ލިބޭނެގޮތް ހަމަޖެއްސުން.
  12. ހޮސްޕިޓަލުގެ ބަލިމީހުން ބަލާކޮޓަރިތައް ކޮންމެދުވަހަކު ހެދުނު 9 ޖެހުމުގެ ކުރިން ޗެކުރެވޭތޯބަލާ އޯޕީޑީ އަށް ދަތިނުވާނޭގޮތަށް ކޮންސަލްޓިންގ ރޫމްތައް ތައްޔާރުކުރުވުން.
  13. ހޮސްޕިޓަލުގެ ވޯޑުތަކުގައާއި އެހެނިހެން ތަންތާގައި ބަލިމީހުންނާއި އެހީތެރިން އިށީންނަ ގޮނޑިފަދަ ތަކެތީގެ ހާލަތުބަލާ ޗެކުކުރުވާ މައްސަލަހުންނަ ތަކެތި ރަނގަޅުކުރުވާ މީހުންނަށް ގެއްލުމެއް ލިބޭފަދަތަކެތި ބަދަލްކުރުވާ، އެފަދަތަކެތި ނަގުވާ މަރާމާތުކުރުވުން ނުވަތަ ބަދަލްކުރުވުން.
  14. ލޯންޑަރީގެ މެޝިންތައް ގަވާއިދުން ސާފުކުރުވާ  މެއިންޓަނަންސް ކުރޭތޯ ބެލުން.
  15. ހޮސްޕިޓަލުގެ އިމާރާތާއި ގޯތީގެ ފާރުތައް ރީތިކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ބަލަހައްޓާ އެމަސައްކަތް ކުރުވުން.
  16. ހޮސްޕިޓަލުގައި އުފެދޭ ކުނިނައްތާލުމުގެ  ޕްރޮސީޖަރ ރަނގަޅަށް ބަލާ އެގޮތަށް ކުނިނެއްތުމުގެ މަސައްކަތް ހިގާތޯބެލުން.
  17. ހޮސްޕިޓަލަށް އަންނަ ބަލިމީހުންނާއި އެޑުމިޓުކޮށްފައި ތިބޭ ބަލިމީހުން ބޭނުންވާ ކަންތައްތަކަށް އެހީތެރިކަންދީ އިހުތިރާމާއި އެކު ވާހަކަދެއްކުން.
  18. ހޮސްޕިޓަލުގެ ހިދުމަތަށް އެދިގެން އަންނަ ފަރާތްތަކަށް ސާފުބޯފެން ހޯދާ ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  19. ހައުސްކީޕިންގް މަސައްކަތް ބަހައްޓާނެ ފެންވަރާއި މަސައްކަތް ކުރާނެގޮތުގެ މައުލޫމާތު އެގޭނެފަދަ ތަފްސީލީ ނިޒާމެއް ގާއިމުކުރުން.
  20. ހޮސްޕިޓަލަށް އަންނަ މެޑިކަލް ޓީމްތަކާއި ޒިޔާރަތްކުރާ މެހުމާނުންގެ ކަންތައްތައް އެޑުމިން ސެކުޝަނުން އަންގާގޮތެއްގެ މަތިން ބެލެހެއްޓުން.
  21. ހޮސްޕިޓަލުގައި ފާހަގަކުރެވޭ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ އެމަސައްކަތެއް ނިމެންދެން މަސައްކަތްކުރުން.
  22. ހޮސްޕިޓަލާއި މިކޯޕަރޭޝަންގެ ދަށުން ހިގަމުންދާ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހިންގާ ހެލްތުޕުރޮމޯޝަނަލް އެކްޓިވިޓީސް ތަކާއި އެކިއެކި މުނާސަބާ ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކާއި ވޯކުޝޮޕްފަދަ ކަންކަމުގައި މަސައްކަތްކުރަންޖެހިއްޖެނަމަ އެހަރަކާތެއް ނިމެންދެން ބޭނުންވާ އެންމެހާ އެހީތެރިކަމެއްދިނުން.
  23. ހޮސްޕިޓަލާއި ސިއްހީމަރުކަޒުތަކުގައި ދިމާވާ ކަންތައްތަކުގައި އެހީތެރިވެ އެއްބާރުލުންދީ މަސައްކަތްކުރުން.
  24. ހޮސްޕިޓަލުން ދެވޭ ހިދުމަތަކީ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިތްހަމަޖެހޭ ހިދުމަތެއްކަމުގައި ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.                                             

މަޤާމުގެ ޝަރުތުތައް (އެސިސްޓެންޓް ހައުސްކީޕަރ)

  1. ހައުސް ކީޕިންގް ދާއިރާއަކުން ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ހައުސް ކީޕިންގް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ހައުސް ކީޕިންގް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މާރޗް 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންވެސް ބަލައި ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 މާރޗް 2018 އާއި 14 މާރޗް 2018 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885046 / 9555901 ނަންބަރު ފޯނާއެވެ.

 

06 ޖުމާދަލް އާޙިރާ 1439

22 ފެބްރުއަރީ 2018

22 ފެބުރުވަރީ 2018