ދިވެހިރާއްޖެ
`
ދިވެހިބަހުގެ އެކެޑަމީ
މާލެ،
ދިވެހިރާއްޖެ.
ނަންބަރު: IUL)430-DBA-T/1/2018/6)
އިޢުލާނު
2018ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ތާރީޚު ސުވާލު މުބާރާތުގައި ބައިވެރިވެވަޑައިގަތުމުގެ ދޮރު މިހާރު ވަނީ ހުޅުވައިލައިފައެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އިސްކޫލުތަކުގެ މެދުގައި ދެ ޢުމުރު ފުރާއަކަށް ބަހައިލައިގެންނެވެ. އެއީ:-
- ސާނަވީ ބައި
- މަތީ ސާނަވީ ބައި
އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ވާދައިގެ ތަށްޓަށް ބާއްވާ
ޤައުމީ ތާރީޚު ސުވާލު މުބާރާތް 2018 ގައި ބައިވެރިވުން
(1) ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި އިސްކޫލުތަކުގެ ސާނަވީ ބައި ކަމުގައި ބަލާނީ ގުރޭޑު 9އިން ފެށިގެން 10އާ ހަމައަށެވެ.
(2) ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި އިސްކޫލުތަކުގެ މަތީ ސާނަވީ ބައި ކަމުގައި ބަލާނީ ގުރޭޑު 11އިން ފެށިގެން 12އާ ހަމައަށެވެ.
(3) މި މުބާރާތުގައި ދަރިވަރުން ބައިވެރިކުރައްވާނީ ކޮންމެ އިސްކޫލަކުން އުމުރުފުރަ އެއްގައި 3 ދަރިވަރުންނެވެ. ބަދަލު ދަރިވަރުންގެ ގޮތުގައި 2 ދަރިވަރުންގެ ނަން ހުށައެޅުއްވިދާނެއެވެ.
(4) މި މުބާރާތުގައި ބައިވެރިވެވަޑައިގަންނަވަން އެދޭ އިސްކޫލުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރެއްވުމުގެ ފަހުން ހުށައަޅުއްވަން ވާނެއެވެ. ފޯމު ހުށައަޅުއްވާއިރު މުއްދަތު ހަމަ ނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.
(5) މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ދިވެހިބަހުގެ އެކެޑަމީގެ އިސްތިގުބާލަށް ނުވަތަ [email protected] ހުށައެޅުއްވިދާނެއެވެ.
މުބާރާތަށް ތަކެތި ހުށައެޅުމުގެ ސުންގަޑި
އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ވާދައިގެ ތަށްޓަށް ބާއްވާ ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ 2018 މާރިޗު 12 ވާ ހޯމަ ދުވަހުގެ 13:30 އެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި، ގަވާއިދާއި މުބާރާތާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ވެބްސައިޓުން (www.dhivehiacademy.edu.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދަން މި އެކެޑަމީގެ ނަންބަރު 3028003 ނުވަތަ 3028009 ފޯނާ ގުޅުވުން އެދެމެވެ.
03 ޖުމާދަލްއާޚިރު 1439
19 ފެބުރުވަރީ 2018