މަސައްކަތް
ނަންބަރު: GS66/IUL/2018/09
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 27 ފެބުރުވަރީ 2018 13:00
ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގައި ފާހާނާބަރިއެއް އިމާރާތް ކޮށްދިނުމާއި ބެހޭ

އިޢުލާން

 

ސްކޫލްގައި ފާހާނާބަރިއެއް އިމާރާތް ކޮށްދިނުމާއި ބެހޭ

 

ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް 4 ފާހާނާ އިމާރާތް ކުރުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

ތާރީޚާއި ގަޑި:27 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 13:00

ތަން:       ތޮއްޑޫ ސްކޫލް 

ތާރީޚާއި ގަޑި: 04 މާރިޗް 2018 ވާ އާދިއްތަ ދުވަހުގެ 13:00

ތަން:       ތޮއްޑޫ ސްކޫލް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.  މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަންބަރު ފޯނާއެވެ.

05 ޖުމާދަލްޢާހިރާ 1439

21  ފެބްރުއަރީ  2018

21 ފެބުރުވަރީ 2018