ދެންނެވުން
ނަންބަރު: (IUL)292-RE/292/2018/05
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 28 ފެބުރުވަރީ 2018 14:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުން

ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ރައްޔިތުންނަށް ބޭއްވޭ ބައްދަލު ވުމެއް، މި ހިނގާ ފެބްރުއަރީ މަހުގެ 28 ވާ ބުދަ ދުވަހުގެ ރޭ 08:45 ގައި، ނ.މިލަދޫ ހިދާޔާ ސްކޫލްގައި އޮންނާނެއެވެ. 

މި ބައްދަލު ވުމުގައި ރައްޔިތުންނާ މަޢުލޫމާތު ޙިއްޞާ ކުރާނީ، 2017 ވަނަ އަހަރުގެ ނ.މިލަދޫ ކައުންސިލްގެ އަހަރީ ރިޕޯރޓާއި، މާލީ ރިޕޯރޓާއި އަދި ނ.މިލަދޫ ކައުންސިލްގެ އޮޑިޓް ރިޕޯރޓާ ގުޅޭގޮތުންނެވެ. 

ރައްޔިތުންނާ ބައްދަލުކޮށް، މި ދެންނެވި މަޢުލޫމާތު ޙިއްޞާ ކުރިނަމަވެސް، މި މަޢުލޫމާތުތައް، މިއަދުން ފެށިގެން، ރަސްމީ ގަޑިގައި ބެއްލެވޭނެ އިންތިޒާމް މި އިދާރާގައި ހަމަޖެހިފައިވާ ކަމުގައިވެސް ދަންނަވަމެވެ،

މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

05 ޖުމާދަލްއާޚިރާ 1439

21  ފެބްރުއަރީ  2018

21 ފެބުރުވަރީ 2018