ޢާންމު މަޢުލޫމާތު
ނަންބަރު: Gs114/2018/05-IUL
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 01 މާރިޗު 2018 13:00
މާޅެންދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ ( ވަގުތީ )

`

 

މާޅެންދޫ ސްކޫލް 

 ނ. މާޅެންދޫ                                            ނަމްބަރ:GS114/2018/05-IUL

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މި ސްކޫލްގެ ޕްރިންޓަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.  

މަޤާމް:

ޕްރިންޓަރ) ކޮންޓްރެކްޓް 1 އަހަރު)

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

-/3875 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:

ނ.މާޅެންދޫ ސްކޫލް

މަޤާމުގެގިންތި:

ވަގުތީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

ނ.މާޅެންދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގައި ދުވަހުން ދުވަހަށްޗާޕްކުރަންޖެހޭ ވަރކް ޝީޓްތަކާއި، ޔުނިޓް ޓެސްޓާއި، ޓަރމް ޓެސްޓާއި،އެހެނިހެން ޑޮކިއުމަންޓްތައް ޕްރިންޓް ކުރުން.
  2. ސްކޫލުގައި ޕްރިންޓްކުރެވޭ ވަރކް ޝީޓްތަކާއި، ޔުނިޓް ޓެސްޓާއި، ޓަރމް ޓެސްޓާއި، އެހެނިހެން ޑޮކިއުމަންޓްތަކުގެ ރެކޯޑް ބެލެހެއްޓުން.
  3. ސްކޫލުން ޗާޕްކުރަންޖެހޭ ޓެސްޓްޕޭޕަރުތަކާއި، ވަރކް ޝީޓްތަކާއި، މިނޫން އެހެނިހެން އެންމެހައިލިޔެކިޔުންތައް، ކަނޑައެޅިފައި އޮންނަ އުޞޫލުން ޗާޕްކޮށް، ހީރަސްޖަހަންޖެހޭތަކެތި ހީރަސްޖަހުމާއި، ސްކޫލުން ތައްޔާރުކުރާ ޓެސްޓް ޕޭޕަރުތަކާއި ވަރކްޝީޓްތަކާއި، މިނޫން އެހެނިހެން އެންމެހައި ލިޔެކިއުންތަކަކީ، އޭގެ ސިއްރުހިފަހައްޓަންޖެހޭ ތަކެތިކަން ދަނެ، އެ ތަކެއްޗާބެހޭ އެއްވެސް މަޢުލޫމާތެއްފޯރުކޮށްދެންޖެހޭ ފަރާތަކަށް މެނުވީ ހާމަނުކުރުމާއި، ރައްކާތެރިކަމާއެކުއެފަދަ އެންމެހައި ތަކެތި ބެލެހެއްޓުން.
  4. ޗާޕްކުރުމަށާއި ފޮޓޯކޮޕީ ހެދުމަށްސްޓޮކުން ނަގާފައި ހުންނަ ކަރުދާސް، ދެލި، ޓޯނާ، ކާރޓްރިޖް، މާސްޓާރ ފަދަތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. އަދި ހުސްވުމުގެ ކުރިން ދުރާލާތަކެތި ހޯދުމަށް އަންގަންޖެހޭ ފަރާތައް އެންގުން.
  5. ޕްރިންޓްކުރާ މެޝިނާއި ފޮޓޯކޮޕީމެޝިންތައް ސަފުކޮށް ބެލެހެއްޓުމަކީ މައްސަލަތައްޖެހުން މަދުކުރެވޭނެކަމެއްކަން ގަބޫލްކޮށް، މެޝިންތައް ހަޑިވިޔަނުދީ ބެލެހެއްޓުން.
  6. ޗާޕްކޮށް ފޮޓޯކޮޕީ ހަދާ މެޝިންތަކުގެޙާލަތު ބަލައި، ސްކޫލުގެ އިސްވެރިޔާއަށް ނުވަތަ ފައިސާއާބެހޭއިސްވެރިޔާއަށް ކަމާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.
  7. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަމަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ މަޤާމާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު:              

  1. މަޤާމުގެ މަސައްކަތްކުރުމުގެހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އައި.ޓީ ދާއިރާއިންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއްހާސިލުކޮށްފައިވުމާއެކު؛ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެނިޒާމުގެ ކުރިއެރުން ޙައްޤުވާ މާކްސް ލިބެމުންދިއުމާއެކު، އެސް.އެސް. 2 ގެރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 3 ގެ ރޭންކާ އެއްފެންވަރެއްގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީރޭންކަކާއެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރު.

3- ރަނގަޅު ޞިއްޙަތެއްގައިހުރި ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން.

4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ވަގުތަށް ފަރުވާތެރި މީހަކަށްވުން.  

އިންޓަވިއު ކުރުން:

ހ. އިއުލާންގެ މުއްދަތު ހަމަވާތާ ތިންދުވަހުގެ ތެރޭގައި މިމަޤާމަށް އިންޓަވިއު ކުރެވޭނެއެވެ.އިންޓަވިއު އޮންނާނީ، މާޅެންދޫ ސްކޫލްގައެވެ. ހަމަޖެހިފައިވާ ތާރީޚަށްބަދަލެއް އަތުވެއްޖެނަމަ، ޝަރުޠު ހަމަވި ފަރާތްތަކަށް އެކަން އަންގަމުންދާނެއެވެ.

ށ.އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު، މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެވެބްސައިޓް www.csc.gov.mv/category/forms އިން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2-ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.   

3-ލިބިފައިވާތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސްކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެކޮޕީ)

4- މަސައްކަތުގެ ތަޖުރިބާދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރަސްމީ އިދާރާއަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)

5-ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

6-ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މާޅެންދޫ ސްކޫލުގެ އިދާރާއަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2018  މާރޗް 1  ވާ ބުރާސްފަތި ދުވަހުގެ 13.00 އެވެ.

ނޯޓް:މި އިޢުލާނާ ގުޅިގެން މިމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދިއެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރުމަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މާޅެންދޫ މަދަރުސާގެ 6560575 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

 

 

21 ފެބުރުވަރީ 2018