މަސައްކަތް
ނަންބަރު: (IUL)438-ENV/438/2018/64
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 01 މާރިޗު 2018 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދަރިވަރުންގެ ޤައުމީ ތިމާވެށީގެ މަހާސިންތާ 2018 ގެ އިވެންޓް މެނޭޖަރެއް ހޯދުމަށް

އިޢުލާން

 ދަރިވަރުންގެ ޤައުމީ ތިމާވެށީގެ މަހާސިންތާ 2018 ގެ އިވެންޓް މެނޭޖަރެއް ހޯދުމަށް

ދަރިވަރުންގެ ގައުމީ ތިމާވެށީގެ މަހާސިންތާ 2018 ގެ އިވެންޓް މެނޭޖަރއެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)438-ENV/438/2018/18) އިއުލާނާއި އެކު ނެރެވުނު ޓާމް އޮފް ރިފެރެންސަށް އައި ބަދަލުތަކާއި ގުޅިގެން އެ އިއުލާނު ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަހާސިންތާއަށް ބޭނުންވާ ތަނާއި، ތަނުގެ ތައްޔާރީތައް އަދި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ގޮތް، ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމެޖެހިފައި ހުންނަން ޖެހޭގޮތުގެ ތަފްޞީލު ހިމަނާފައިވާ ' ޓާރމްސް އޮފް ރެފަރަންސް ' މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 މާރިޗު 01 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2018 މާރިޗު 01 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް : [email protected]
ވެބްސައިޓް: www.environment.gov.mv

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިއުލާނުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
21 ފެބުރުވަރީ 2018