ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)NAH/NAH/2018/03
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 28 ފެބުރުވަރީ 2018 14:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.ހޮޅުދޫ މަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ ކަމުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

މަޤާމް :އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ/ނ.ހޮޅުދޫ ސިއްހީމަރުކަޒު
ބޭނުންވާ އަދަދު :1

މިހޮސްޕިޓަލްގެ ނަންބަރ:   (IUL)NAH/NAH/2018/02 އިޢުލާންގައި ދެންނެވިފައިވާ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރގެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން މިމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ނ.ހޮޅުދޫ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

 

މަޤާމު

އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު

J-294258

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 4

މަޤާމުގެ ކްލިސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޜަން/ސެކްޝަން

ޕަބްލިކް ހެލްތް ޔުނިޓް

މަޤާމްއޮތް އޮފީސް

ނ.ހޮޅުދޫ ސިއްޙީމަރުކަޒު

ވަޒީފާއަދާކުރަންޖެހޭތަން

ނ.ހޮޅުދޫ ސިއްޙީމަރުކަޒު

މުސާރަ

-/5020 ރުފިޔާ

ސާރވިސްއެލަވަންސް

-/2500 ރުފިޔާ

އިތުރު  އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތީން މަސައްކަތު ނުކުންނަކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

  1. މިނިސްޓްރީ  އޮފް  ހެލްތާއި،  ހޮސްޕިޓަލުގެ  ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ކޮންމެއަހަރަކުވެސް އެކްޝަން ޕްލޭނެއް ހަދައި، އެ ޕްލޭނާ  އެއްގޮތަށް  ޞިއްޙީ  މަރުކަޒުގެ  ހެލްތު  ޕްރޮމޯޝަން  ޕްރޮގްރާމްތައް ރާވައި، އެ ކަންތައްތައްހިނގާ ނުހިނގާގޮތް ބެލުމާއި، ކަމާބެހޭ ފިޔަވަޅުއެޅުން.
  2. ރަށުގެ ޞިއްޙީ ހާލަތު ރަނގަޅުކުރުމަށްބޭނުންވާ ޞިއްޙީ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރޭވުމުގައިއެހީތެރިވެ، އެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި، އިވެލްއޭޓްކޮށްފީޑްބެކްދިނުމާއި، ޕްރޮގްރާމްތައް ހަރުދަނާކަންމަތީ ހިންގުމަށް ބޭނުންވާއިތުރު އެހީ ފޯރުކޮށްދިނުމަށްވީ އެންމެ ފުޅާ ދާއިރާއެއްގައިމަސައްކަތްކުރުން.
  3. ކޮމިއުނިކެބަލް އަދި ނޮން ކޮމިއުނިކެބަލްޑިޒީޒްކޮންޓްރޯލް ޕްރޮގްރާމްތައް ރަށްރަށުގައި ގަވާއިދުން ހިންގުމާއި،ގަވާއިދުން ރިޕޯޓް ފޮނުވުން.
  4. ޗައިލްޑް އެންޑް ނިއުޓްރިޝަންޕްރޮގްރާމުގެ މަސައްކަތްކުރުމާއި، ޑިޕާޓްމަންޓުން ފޮނުވާފައިވާވަސީލަތްތަކުގެ ސްޓޮކް ބެލެހެއްޓުމާއި، ގަވާއިދުން ރިޕޯޓް ފޮނުވުން.
  5. ސްކޫލް ހެލްތު ޕްރޮގްރާމް ރަށުގައި ގަވާއިދުން ހިންގައި ރިޕޯޓް ފޮނުވުން.
  6. ޚިދުމަތްދިނުމަށް ދަތިނުވާނޭހެންތެލެސީމިއާ ކުދިންނަށް ބޭނުންވާ ތަކެއްޗާއި، ކަންކަމުގައި މޯލްޑިވިއަންބްލަޑް ސަރވިސްގެ އިރުޝާދާ އެއްގޮތަށް ޢަމަލުކޮށް، ވީ އެންމެފުޅާދާއިރާއެއްގައި އެ މަސައްކަތުގައި އެހީތެރިވެ، ރެކޯޑްތައްބެލެހެއްޓުން.
  7. ރެޕްރޮޓެކްޓިވް ހެލްތު ޕްރޮގްރާމްގެޚިދުމަތްދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެފަދަ ގޮތަކަށްރާވައި ހިންގުމާއެކު ސްޓޮކް ބެލެހެއްޓުން.
  8. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ރަށުގައި ހިންގޭ އެންމެހައި ހަރަކާތްތަކުގެ ރިޕޯޓް ފޮނުވުން.
  9. ރަށުތެރޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް ވިޒިޓް ޕްރޮގްރާމް އެކުލަވައިލައި ކުރިއަށް ގެންދިއުން.

10. ރަށުގައި ރޯގާއެއް ފެށިއްޖެނަމަ، އެ ރޯގާކޮންޓްރޯލްކުރުމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ރަށުގައިރޯގާއެއް ފެށިއްޖެނަމަ، އެކަން ހިނގާ ނުހިނގާގޮތް ވިލަރެސްކުރުމާއި، އެމަޢުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އަންގައި، މަޝްވަރާ ހޯދައި،ފިޔަވަޅުއެޅުން.

11. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ވާރކްޝިޕް، ސެމިނާރު، ބައްދަލުވުންތައް އިންތިޒާމުކޮށް ރާވައި ހިންގުން.

12. އާންމުންނަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވައި ދެމެހެއްޓެނިވިގޮތެއްގައި ހިންގުން.

13. ޞިއްޙީ މަޢުލޫމާތު އެކުލެވޭފަދަލީފްލެޓް/ލުއިފޮތާއި ވީޑިއޯ ޓޭޕްތައްޔާރުކޮށް، ހޯދައި (ހެލްތު ޕްރޮމޯޝަންސެކްޝަނުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު) ކޮމިއުނިޓީއަށްފޯރުކޮށްދިނުން.

14. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މެދުގައި ޞިއްޙީ މަޢުލޫމާތު އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.

 

މަޤާމްގެ ޝަރުޠުތައް

 

ޕްރައިމަރީ ހެލްތު ކެއަރ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށްއެދެންވީގޮތާއި،ސުންގަޑި

ވަޒީފާއަށް އެދޭފޯމް ނ.ހޮޅުދޫ ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 28 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ނ.ހޮޅުދޫސިއްޙީމަރުކަޒަށެވެ.އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަންބާތިލްވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 11 މާރޗް 2018 އާއި 21 މާރޗް 2018 އާދެމެދު ނ.ހޮޅުދޫ ސިއްޙީމަރުކަޒުގައެވެ.މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިންމާކްސްލިބޭ 10 ފަރާތްޝޯޓްލިސްޓްކުރެވޭނެއެވެ.

 

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

%30

އިތުރުމަޢުލޫމާތު

މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560037ނުވަތަ 6560520 ނަންބަރު ފޯނާއެވެ. 

 

21 ފެބުރުވަރީ 2018