ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345252 (960)
http://www.mnu.edu.mv
ނަންބަރ: 153-FHTS-2018-08
އިޢުލާން
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުމަށް 11 ފެބްރުއަރީ 2018 ގައި ކުރެވުނު އިޢުލާން ނަންބަރު 153-FHTS-2018-07 ގައިވާ ބައެއް މާއްދާތަކަށް އެދެވޭވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މި ފެކަލްޓީގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ މާއްދާތައް 2018 ޓާރމް 1 ގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއެއް ބޭނުންވެއެވެ.
# |
Module Name |
Level |
No. of Part-Time Lecturers Needed |
Course Name |
1 |
First Aid component for the module of First Aid and Firefighting |
67 |
1 |
Certificate 3 in Front Office |
ޝަރުތު:
-
- އެމަރޖެންސީ ފަސްޓް ރެސްޕޯންސް އިންސްޓްރަކްޓަރ ސެޓްފިކެޓް ހާސިލުކޮށްފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުއެއް ކުރެވިދާނެވާހަކަވެސް ދަންނަވަމެވެ.
އުޖޫރަ:
- ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
- މީގެ އިތުރުން މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ
އެޕްލިކޭޝަން ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
އިތުރު މަޢުލޫމާތު:
- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.
ސުންގަޑި:
- މިކަމަށް އެދިލައްވާ ފަރާތްތަކުން 26 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.