ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)242/242/2018/8
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 05 މާރިޗު 2018 14:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

     (IUL)242/242/2018/8 :ނަންބަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މުސާރަ (މަހަކު) 4,465/-(ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް

މަހަކު 1500/- (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އިތުރު އެލަވަންސްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-      އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް / ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެއްގަމު ދުއްވާ އިންޖީނުލި އުޅަނދުފަހަރު ދުއްވުމުގެ A ޒޯން ލައިސަންސް ދޫކުރުމުގެ ތިޔަރީ ޓެސްޓް ދިނުމާއި ޕްރެކްޓިކަލް ޓެސްޓް ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  2. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްއަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަތުމާއި އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރީ ބަދަލުކުރުމަށް ހުށަހަޅާ ފޯމްތަކާއި ސަލާމަތީ ހެދުމަށް ހުށަހަޅާ ފޯމްތަކާއި ރޯޑް ވާދިނަސް ހެދުމަށް ހުށަހަޅާ ފޯމްތަކާއި ކަނޑުގައި ދުއްވާ އުޅަނދުތައް ސާރވޭ ކުރުމަށް ހުށަހަޅާ ފޯމްތަކާއި ޓެކްސީ ސެންޓަރުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމްތަކާއި އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ޚިދުމަތްތަކާއި ގުޅިގެން ހުށަހަޅާ ފޯމްތަކުގެ އެންމެހައި މަސައްކަތްތައް ކުރުން.
  5. އެއްގަމު އުޅަނދުތަކުގެ ރޯޑްވާދިނަންސް ހެއްދުމުގެ މަސައްކަތް ކުރުމާއި އަދި ރޯޑްވާދިނަންސްގެ މައުލޫމާތު މަހަކު އެއްފަހަރު ރިޕޯރޓް ތައްޔާރު ކުރުމަށް ފަހު ޓްރާންސްޕޯޓް އޮތޯރިޓީއަސް ފޮނުވުން.
  6. ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ޚިދުމަތްތަކާއި ގުޅިގެން ދައްކަން ޖެހޭ ފައިސާ ބަލައިގަތުމާއި އެއޮތޯރިޓީން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓްތައް ފޮނުވަން ޖެހޭ ތާރީޚަށް ފޮނުވުން.
  7. ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ޚިދުމަތްތަކުގެ ތެރެއިން އަތޮޅު ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަށް ބޭނުންވާ ހުރިހާ ފޯމްތަކުގެ ކޮޕީ ނަންގަވައި  ކައުންޓަރުން ހުސްނުވެ ލިބޭނެގޮތަށް މަސައްކަތްތައް ކުރުން.
  8. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-      އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-      އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

05 މާރޗް 2018 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

       

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

5 ޖުމާދަލްއާޚިރާ 1439

21 ފެބްރުއަރީ  2018

 

 

                                                  މުޙައްމަދު ނާސިޙް ރަޝީދު

               ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް

21 ފެބުރުވަރީ 2018