ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރު: 11(IUL)231-ED/231/2018/ (15ފެބުރުއަރީ 2018) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.
28 ފެބުރުއަރީ 2018 ވާ ބުދަ ދުވަހުގެ 16:30 ގައި އަތޮޅުގޭ ކުރިމަތީގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ނީލަން، އަތޮޅުގޭ ކުރިމަތީ މަގުމަތީގައި ބޭއްވުމުގެ ހުއްދަ ލިބިފައިނުވާތީ، މިހާރު ނީލަން ބާއްވާގޮތަށް ހަމަޖެހިފައިވަނީ އެދުވަހުގެ 16:30 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ.
މިނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން 28 ފެބުރުއަރީ 2018 ވާ ބުދަ ދުވަހުގެ 16:30 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ނީލަމުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ވާހަކަ ދެންނެވީމެވެ.
ނީލަމުން ނަންގަވާތަކެތީގެ އަގު ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް ދެއްކެވުމަށްފަހު އެދުވަހުގެ 18:00 ގެ ކުރިން އެތަކެތި ގެންދަވަންވާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.