ދިވެހިރާއްޖެ
އިޢުލާނު
ފ. ނިލަންދޫ އިންޖީނުގެއާއި ތެއުސެންޓަރުގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުން.
ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއާއި ތެއުސެންޓަރުގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ހަމަޖައްސައިފީމެވެ. ނީލަން ކިޔުން އޮންނާނީ 2018 ފެބްރުވަރީ 23 ވާ ހުކުރު ދުވަހުގެ ހަވީރު 04:30 ގައި ވެޔޮދޮށުމައިޒާނުގައެވެ. ނީލަންކިޔާ ތަކެތީގެ ލިސްޓް މިއިޢުލާނާއެކު ޢާންމުކޮށްފައި ވާނެއެވެ.
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2018 ފެބްރުވަރީ 26 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން މިއިދާރާއަށް ފައިސާ ދައްކަވަން ވާނެއެވެ. ނީލަމުން ނަންގަވާ ތަކެތި 2018 ފެބްރުވަރީ 24 ވާ ހޮނިހިރު ދުވަހުގެ ހަވީރު 06:00 ގެ ކުރިން ގެންދަވަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި ނައްތާލެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
15 ފެބްރުވަރީ 2018