ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2018/23
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 26 ފެބުރުވަރީ 2018 20:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ދަޢުވަތު އެރުވުން.

އިޢުލާނު

ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ދަޢުވަތު އެރުވުން.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާގޮތުން ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެތެރޭގައި ފާއިތުވީ އަހަރުގެ، ކައުންސިލްގެ އަހަރު ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަން ޖެހެއެވެ.

ޤާނޫނުގައިވާ ގޮތުގެމަތިން ކައުންސިލްގެ މާލީ ކަންކަން އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 (ދޭއް) ފަހަރަށް އިޢުލާނުކުރީމެވެ. ނަމަވެސް އެކަން ކޮށްދޭނެ ފަރާތެއް ނުވިއެވެ. އަދި މިއިދާރާގެ މާލީ ކަންކަން އޮޑިޓްކޮށް ދެއްވުންއެދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައިވެސް ދެންނެވީމެވެ. ލޯކަލް ގަވަރުމަންޓް އޮތޯރިޓީން އަންގަވާފައިވަނީ އެ އޮތޯރިޓީއަށް އެކަން ކޮށްދެވެން ނެތްކަމަށެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގަވާފައިވަނީ އެ އޮފީހުން އެކަން ކޮށްދެއްވާނެކަމަށެވެ. ނަމަވެސް ޤާނޫނުގައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހެޅޭވަރަށް އޮޑިޓްކޮށް ރިޕޯޓް ލިބިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ވުމާއެކު އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހެޅޭނީ އޮޑިޓްކޮށް ރިޕޯޓް ލިބުމުންނެވެ. ނަމަވެސް ކައުންސިލްގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް ރައްޔިތުންނަށް ހުށަހެޅުމުގެ ބައްދަލުވުން 2018 ފެބުރުވަރީ 26 ވަނަ ދުވަހުގެރޭ 8:30 ގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މި ބައްދަލުވުމަށް ވަޑައިގެން ދެއްވުން އެދި ފ. ނިލަންދޫ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

02 ޖުމާދަލްއާޚިރާ 1439

18  ފެބުރުވަރީ  2018   

18 ފެބުރުވަރީ 2018