ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)340/340/2018/3
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 08 މާރިޗު 2018 13:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ޕްރީސްކޫލްގެ ބައެއް ކުއްޔަށްދޫކުރުން

މި ކައުންސިލުން ހިންގާ ރަސްދޫ ޕްރީސްކޫލްގެ ބައެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ކިޔަވައިދިނުމާއި ގުޅޭ ޚިދުމަތެއްދިނުމަށް ކަމަށްވާތީ އެފަދަ ޚިދުމަތެއް ދިނުމަށް ޝައުޤުވަރިވާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            ވީމާ، ރަސްދޫ ޕްރީސްކޫލްގައި ކިޔަވައިދިނުމުގެ ޚިދުމަތެއް ދިނުމަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މާރިޗު 04 ވަނަ ދުވަހުގެ 13:30 އަށް މި ކައުންސިލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2018 މާރިޗު 08 ވަނަ ދުވަހުގެ 13:00   އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވާފަރާތްތަކުން އައި.ޑީ.ކާޑު ހުށަހަޅަންޖެހޭނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެއެވެ.

18 ފެބުރުވަރީ 2018