ދިވެހިރާއްޖެ
މިރަށުގައި ބަށިކޯޓެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނޭފަރާތެއް ހޯދުމަށް
ސަރުކާރުގެ، ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 26 ފެބުރުވަރީ 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 މާރިޗު 2018 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިމަސައްކަތް ކުރުމަށްއެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު: 19/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހާޟިރުވެލެއްވުމަށް އުޒުރުވެރި ވެލައްވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6500031 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
02 ޖުމާދަލްއާޚިރާ 1439
18 ފެބުރުވަރީ 2018