ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415-HR/415/2018/12
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 01 މާރިޗު 2018 12:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމާއިބެހޭ ބެހޭ ޕްރޮޖެކްޓްގެ ތިރީގައި މިދަންނަވާ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

 މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:    10

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް 

މުސާރަ (މަހަކު) 3,500/-(ތިންހާސް ފަސްސަތޭކަ ރުފިޔާ)

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ޙަފްތާއަކު 48 ގަޑިއިރު، އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

 

މިވަޒީފާގައި މަސައްކަތްކުރާ މުވައްޒަފުން ހޮނިހިރު ދުވަސް ހިމެނޭ ގޮތުން ކޮންމެ ޙަފްތާއަކު 6 ދުވަހު މަސައްކަތްކުރަންޖެހޭނެއެވެ.

 

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. އަމިއްލަ އިސްނެގުމާއެކު މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުމާއެކު، ރަށުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރެވޭ ފަދަ ޤާބިލުކަން ހުރުން.
  3. ގަސްގަހާއި ރުއްރުކަށް އަރައި އުޅެވޭ ފަދަ ޤާބިލުކަން ހުރުން (މިވަޒީފާއަށް ކުރިމަތިލާ ފިރިހެނުންނަށް އެކަނި)

ވަޒީފާއަށް މީހުން ޢައްޔަނުކުރުމުގައި އިސްކަންދޭނެ ކަންކަން:

  1. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށް ވުން.

 

  1.  4 ފުރޮޅުލީ ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (މިވަޒީފާއަށް ކުރިމަތިލާ ފިރިހެނުންނަށް އެކަނި)

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ސާފުކުރުމަށް މިއިދާރާއިން ރާވާ ޕްރޮގްރާމްތަކާއި އެއްގޮތަށް މަސައްކަތްކުރުމާއި ރަށް ފެހިކުރުމުގެ މަސައްކަތްކުރުން.

 

  1. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-   އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

5-   ލިބިފައިވާ ލައިސަންސުގެ ކޮޕީ

ސުންގަޑި:

01 މާރިޗް 2018 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

 މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 

18 ފެބުރުވަރީ 2018