މަސައްކަތް
ނަންބަރު: (IUL)438-WS/438/2018/55
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 22 ފެބުރުވަރީ 2018 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"އެމަރޖެންސީ ޕްރެޕެއަރޑްނެސް އެންޑް ރެސްޕޯންސް ފޯރ ވޯޓަރ ސެނިޓޭޝަން އެންޑް ހައިޖީން (ވޮޝް) ސެކްޓަރ" އާއި ގުޅޭގޮތުން ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ

"އެމަރޖެންސީ ޕްރެޕެއަރޑްނެސް އެންޑް ރެސްޕޯންސް ފޯރ ވޯޓަރ ސެނިޓޭޝަން އެންޑް ހައިޖީން (ވޮޝް) ސެކްޓަރ" އާއި ގުޅޭގޮތުން ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން "އެމަރޖެންސީ ޕްރެޕެއަރނެސް އެންޑް ރެސްޕޯންސް ފޯ ވޯޓަރ ސެނިޓޭޝަން އެންޑް ހައިޖީން (ވޮޝް) ސެކްޓަރ" އާއި ގުޅޭގޮތުން ޕްލޭނެއް ތައްޔާރުކުރުމަށް ނޭޝަނަލް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ.  މިމަސައްކަތް ކުރުމަށް މިމިނިސްޓްރީއިން 14 ޖަނަވަރީ 2018 ގައި ކޮށްފައިވާ ނަންބަރު IUL)438-WS/438/2018/21) ޢިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އަލުން އިއުލާންކުރަމެވެ.

މިގޮތުން ނޭޝަނަލް ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތަކީ ރަށްރަށުގައި ބޯފެނަށްޖެހުމުން ފުރަތަމަ ތިން ހަފްތާއާއި ހަތަރު ހަފްތާއާއި ދޭތޭރޭގައި ކަންތައްކުރާނެގޮތުގެ ރެސްޕޯންސް ސްޓްރެޓެޖީއަކާއި އޮޕަރޭޝަނަލް ޕްލޭނެއް ތައްޔާރުކުރުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންޓުންނަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

މި މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުން ވެއްޖެނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން 22 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" މި މިނިސްޓްރީއަށް ހުށަހެޅުއްވުންއެދެމެވެ.

ޕްރޮކިއުމަންޓް ޔުނިޓް 
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، މާލެ،
ދިވެހިރާއްޖެ
ވެބްސައިޓް: http://www.environment.gov.mv

15 ފެބުރުވަރީ 2018