ދިވެހިރާއްޖެ
އިޢުލާން
ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމާއިބެހޭ
ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާ އަށް ޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: 411-B/IUL/2018/3 (14 ޖަނަވަރީ 2018) އިޢުލާނާއި ގުޅިން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ރަށުގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށްޓަކައި މިއިދާރާއަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ ޕިކަޕް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބުރުވަރީ 2018ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 27 ފެބުރުވަރީ 2018ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމާއިބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޖުމާދުލްއޫލާ 1439
15 ފެބުރުވަރީ 2018