މަސައްކަތް
ނަންބަރު: (IUL)13-K1/13/2018/29
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 15 މާރިޗު 2018 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
10 ރަށުގެ ނަރުދާމާގެ މަސައްކަތުގެ ސުޕަރވިޒަން ކޮންސަލްޓަންސީގެ މަސައްކަތް

c

                                                

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

މާލެ، ދިވެހިރާއްޖެ

 

 

އިޢުލާން ނަންބަރު:

(IUL)13-K1/13/2018/29

ޕްރޮޖެކްޓް ނަންބަރު: TES/2018/C-1

 

 

 ފްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

10 ރަށުގެ ނަރުދާމާގެ މަސައްކަތުގެ ސުޕަރވިޒަން ކޮންސަލްޓަންސީގެ މަސައްކަތް 

1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ކުރިއަށްގެންދާ 10 ރަށެއްގެ ( ށ. ފީވައް، ރ. އިންނަމާދޫ، އއ. އުކުޅަސް، ރ. އިނގުރައިދޫ، އއ. މަތިވަރި، ފ. ބިލެތްދޫ، ގއ. މަޑަވެލި، ގއ. ގެމަނަފުށި، ގއ. މާމެންދޫ، ގއ. ވިލިގިލި ) ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް މޮނިޓަރކޮށް ސުޕަރަވައިޒް ކުރާނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

2. މި ކޮންސަލްޓަންސީ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ސްޕަރވައިޒް ކުރުން، ޑީޓެއިލް ޑިޒައިން ޗެކްކުރުން، މެޓީރިއަލް ޗެކްކުރުން، މަސަކަތްތައް ކޯޑިނޭޓްކުރުން، ފީލްޑް ސަރވޭތައް ސުޕަރވައިޒްކުރުން، ކޮލިޓީ ކޮންޓްރޯލް އަދި ކޮލިޓީ އެޝުއަރަންސް ޕްލޭން ހެދުން، ޕްރޮޖެކްޓް ކޮސްޓް ކޮންޓްރޯލް އާއި ޕްރޮޖެކްޓް ޕްރޮގްރެސް ކޮންޓްރޯލް ޕްލޭން ހަދާ އޮފިޑް ޕީ.އެމް.ޔޫއަށް/މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ރިޕޯޓްކުރުން ހިމެނެއެވެ. މީގެ އިތުރުން އެކްސެޕްޝަން ޓެސްޓްތައް ސުޕަރވައިޒްކޮށް ބޭނުންވާ ސެޓްފިކެޓްތަކާއި ރިޕޯޓްތައް ހަދާ ހުށަހެޅުން، އޮޕަރޭޝަންސް އަދި މެއިންޓަނަންސް މެނުއަލް ތައްޔާރުކުރުން، މީހުން ތަމްރީންކުރުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތުގެ މުއްދަތަކީ 24 މަސް ދުވަހެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާއި އެއްގޮތަށް ފްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބުރުވަރީ 2018 އިން 15މާރިޗު 2018 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް މި ދަޢުވަތުގެ 06 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓަރ ކޮށްދެވޭނެއެވެ. މިމަސައްކަތުގެ އާރް.އެފް.ޕީ މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. މިމަސައްކަތާއި ބެހޭ އެއްވެސް ސުވާލެއްވާނަމަ 28 ފެބުރުވަރީ 2018 ވާ ބުދަ ދުވަހުގެ 1400 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

6. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 2018 މާރިޗު 18 ވާ އާދިއްތަ ދުވަހުގެ11:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 9603349106+/9603349896+

އީ މެއިލް: [email protected]

ކޮޕީ: [email protected]

15 ފެބުރުވަރީ 2018

15 ފެބުރުވަރީ 2018