ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2018/35
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 16:43
ސުންގަޑި: 26 ފެބުރުވަރީ 2018 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވަޤުތީ ސުޕަވައިޒަރ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާން

ވަޒީފާގެ ފުރުޞަތު

     ގދ.ތިނަދޫގައި ހަދާ އިސްލާމީމަރުކަޒުގެ މަސައްކަތް އަވަސްކުރުމަށް ބޭނުންވާތީ އެތަނުގެ މަސައްކަތް ސުޕަވައިޒްކުރުމަށް ތިރީގައިވާ މަޤާމަށް ވަޤުތީ މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމް

ސުޕަވައިޒަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމުގެ މުއްދަތު / މަސައްކަތް ކުރަންޖެހޭ ވަގުތު

 3 މަސް ދުވަސް. މަސައްކަތްކުރަންޖެހޭ ވަގުތު  ދުވާލަކު 8 ގަޑި އިރަށްވުރެ މަދުނުވާ ގޮތަށް

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ގދ.ތިނަދޫ އިސްލާމީމަރުކަޒް

އުޖޫރަ:

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 600.00 ރ (ހަސަތޭކަ ރުފިޔާ)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ގދ.ތިނަދޫ އިސްލާމީމަރުކަޒުގެ ދުވަހުންދުވަހަށް ކުރާ މަސައްކަތް ޕްލޭންއާއި އެއްގޮތަށް ކުރެވެމުންދޭތޯ ބަލައި މިނިސްޓްރީއަށް ރިޕޯޓްކުރުން.
  2. ގދ.ތިނަދޫ އިސްލާމީމަރުކަޒުގެ ކުރެވޭ މަސައްކަތުގެ ފެންވަރުބަލައި ކޮންމެ ހަފްތާއަކު ރިޕޯޓެއް ތައްޔާރުކޮށް ފޮނުވުން
  3. މިނިސްޓރީގެ ފަރާތުން ތަނުގައި ބޭނުންކުރާ މެޓީރިއަލްސް ކަމާގުޅޭ ސެކްޝަންގެ ލަފާގެ މަތުން އެޕްރޫވްކުރުން.
  4. ގދ.ތިނަދޫ އިސްލާމީ މަރުކަޒާއި ގުޅުގެން އަންނަ އެންމެހައި މަސައްކަތްކުރުން.

މަގާމުގެ ޝަރުތުތައް:

  1. ސަރުކާރުގެ މިފަދަ މަސައްކަތެއްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ ސަރުކާރުގެ
    MS-3 ގެ ލެވެލްއިން މަތީމާޤާމެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނު

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.islamicaffairs.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ފެބުރުވަރީ 26 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އިޢުލާން މުއްދަތު ހަމަވާ ތާރީޚުން ފެށިން 01 (އެކެއް) މަސް ދުވަސް ތެރޭގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ އިންސައްތަ

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020287 3020200 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

28 ޖުމާދުލްއޫލާ 1439

14 ފެބުރުވަރީ 2018