މަސައްކަތް
ނަންބަރު: (IUL)13-K/13/2018/22
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 28 ފެބުރުވަރީ 2018 12:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޅ. މާފިލާފުށި ގައި ތިއްބަވާ އެމް.އެން.ޑީ.އެފް ބޭފުޅުންނަށް ކައްކާ ކާންދިނުމާއި ހދ. ހަނިމާދޫގައި ތިއްބަވާ އެމް.އެން.ޑީ.އެފް ބޭފުޅުންނަށް ކައްކާ ކާންދިނުން

c

 

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު: (IUL)13-K/13/2018/22

                                                               

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެދިލެއްވުމުގެ މަތިން، ތިރީގައިވާ ތާވަލުގައިވާ ފަރާތްތަކަށް ކައްކާ ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީއިން ކުރެވުނު ނަންބަރު (IUL)13-K/13/2018/1 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2.  

މަސައްކަތް

ޕްރޮޖެކްޓް ނަންބަރ

ޅ. މާފިލާފުށި ގައި ތިއްބަވާ އެމް.އެން.ޑީ.އެފް ބޭފުޅުންނަށް ކައްކާ ކާންދިނުން

TES/2018/CA-001-R01

ހދ. ހަނިމާދޫގައި ތިއްބަވާ އެމް.އެން.ޑީ.އެފް ބޭފުޅުންނަށް ކައްކާ ކާންދިނުން

TES/2018/CA-002-R01

3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2018 ފެބުރުވަރީ 15 އިން 2018 ފެބުރުވަރީ 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 12:00އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.  

4. މި ޕްރޮޖެކްޓުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ފެބުރުވަރީ 20 އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުންއެދެމެވެ.

5. ބިޑް ހުޅުވުން އޮންނާނީ 2018 މާރިޗު 1 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

6. މި ޕްރޮޖެކްޓުތަކާއި ގުޅޭ އެންމެހާ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން 2018 ފެބުރުވަރީ 15 އިން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

7. މިޕްރޮޖެކްޓުތައް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

8. ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލް މިޕްރޮޖެކްޓުތަކުގެ ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349106       3349296

އީ-މެއިލް : [email protected]

ކޮޕީ    : [email protected] 

                                     14 ފެބްރުވަރީ 2018  

14 ފެބުރުވަރީ 2018