މަސައްކަތް
ނަންބަރު: (IUL)257/257/2018/7
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 22 ފެބުރުވަރީ 2018 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީސީޓީވީ ކެމެރާ ސިސްޓަމެއް ހޯދާ އިންސްޓޯލްކުރުމަށް

މިކައުންސިލަށް ސީސީޓީވީ  ސިސްޓަމެއް ގެނެސް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13.00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 27 ފެބުރުވަރީ 2018 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން އެކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބާއި އިތުރު ލިޔުންތަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ލިޔުންތަށް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރާގެ ބޭރުގައި " ސީސީޓީވީ ކެމެރާ ސިސްޓަމެއް ހޯދާ އިންސްޓޯލްކުރުމަށް " މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ. މިމަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުން ހޮވާނީ އެކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ތަކަށް ބަލައި މިއިދާރާގެ އިވެލުއޭޝަން ކޮމެޓީންނެވެ. އަދި މާކްސް ދެވޭނެ އުޞޫލް މަޢުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ.              

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

       28 ޖުމާދަލްޢޫލާ 1439

       14 ފެބުރުވަރީ  2018

 

                                                            ޢަލީ ޝަމީމް

                                                          ކައުންސިލްގެ ރައީސް 

14 ފެބުރުވަރީ 2018