ދިވެހިރާއްޖެ
އިޢުލާން
ސްކޫލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް ބޭނުންވެއްޖެ
މިމިނިސްޓްރީގެ ފަރާތުން ޢިމާރާތް ކުރަމުންދާ ބައެއް ސްކޫލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް ކުރެވުނު ނަމްބަރު:(IUL)22-G/22/2018/4 އިޢުލާނުގެ ލޮޓް 2 ގައި ހިމެނޭ ފަރުނީޗަރުތައް ފޯރުކޮށްދިނުމުގެ މަސައްކަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނެތުމުން އެމަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ސަޕްލައި ކުރަންޖެހޭ ފަރުނީޗަރުތަކަކީ 264 ދަރިވަރުންގެ މޭޒާއި، 264 ދަރިވަރުންގެ ގޮނޑި.
ވީމާ، މިމިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީޒް ޑިވެލޮޕްމަންޓް ސެކްޝަން (ޢާޒީ ބިލްޑިންގް ގްރައުންޑް ފްލޯރ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
18 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހު 11:00އަށް |
22 ފެބްރުއަރީ 2018 ވާ ބްރާސްފަތި ދުވަހުގެ 11:00އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341136 ނަމްބަރ ފޯނާއެވެ.