ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-ED/328/2018/11
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 18 ފެބުރުވަރީ 2018 14:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރާއި މަގުބައްތިތައް ބަލަހައްޓާނެ ފަރާތެއް ހޯދުން

c

 

SECRETARIATE OF THE FAADHIPPOLHU KURENDHOO COUNCIL

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

Lh. Kurendhoo

ޅ. ކުރެންދޫ،

Republic of Maldives

ދިވެހިރާއްޖެ

Economic Development

އެކޮނޮމިކް ޑިވެލޮޕްމަންޓް

                                

                                                                                                         

 

 

 

                                                                                             ނަންބަރު: (IUL)328-ED/328/2018/11

 

އިޢުލާން

ކުރެންދޫ ބަނދަރާއި، އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިހުރި ބައްތިތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން:

 

               ކުރެންދޫ ބަނދަރާއި، އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިހުރި ބައްތިތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަމްބަރު: (IUL)328-ED/328/2018/6  (15 ޖަނަވަރީ 2018) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އެކަށީގެންވާ އަގަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

             

               މިރަށުގެ ބަނދަރާއި އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިހުރި ބައްތިތައް، މި އިދާރާއިން މައިގަނޑު ތަކެތި ދިނުމުން، 10 މަސް ދުވަހުގެ މުއްދަތަށް، މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

                 ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެ، ވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކާއި ގަޑިތަކަށް މަޢްލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢްލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މަޢްލޫމާތު ސާފުކުރުން

15 ފެބްރުވަރީ 2018

ބުރާސްފަތި

11:00 (ހެނދުނު)

އަންދާސީ ހިސާބު ހުށަހެޅުން

18 ފެބްރުވަރީ 2018

އާދީއްތަ  

11:00 (ހެނދުނު)

 

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

 

                27   ޖުމާދަލްޢޫލާ  1439

                13   ފެބްރުވަރީ   2018 

 

 

 

 

 

                                                    އިސްމާޢީލް މަދީޙް 

                                             ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ ރައީސް

13 ފެބުރުވަރީ 2018