ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)304-EDS/304/2018/9
އިޢުލާނު
ބައުވެފައިވާ ކޮންޓެއިނަރ ތަކަކާއި، ހަލާކުވެފައިވާ އިންޖީނެއްގެ ބައިތަކަކާއި ހަލާކުވެފައިވާ އާރ އޯ ޕްލާންޓެއްގެ ބައެއް
ސިޓީލައި ނީލަމުގައި ވިއްކާލުން
ރ. ދުވާފަރު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިހުރި ބައުވެ ހަލާކުވެފައިވާ ކޮންޓެއިނަރ ތަކަކާއި
ބައުވެ ހަލާކުވެފައިވާ އިންޖީނެއްގެ ބައިތަކަކާއި، ބައުވެ ހަލާކުވެފައިވާ އާރ އޯ ޕްލާންޓެއްގެ ބައެއް ސިޓީލައި ނީލަމުގައި ވިއްކާލަން
ގަސްދުކުރަމެވެ. ނީލަމުން ގަންނަން ބޭނުންވާ ފަރާތްތަކުން އަގު ހުށަހަޅަންވާނީ ސިޓީއަކުންނެވެ. ކޮންމެ އެއްޗަކަށްވެސް އަގު
ހުށަހަޅަންވާނީ ވަކިންނެވެ. ނީލަމަށް އެދުވަހަކަށް ހުށަހަޅާފައިވާ އެންމެ މަތީއަގެއް ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި ޢާއްމު
ކުރެވޭނެއެވެ. ނީލަމަށް އަގު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 22 ފެބުރުއަރީ 2018 (ބުރާސްފަތި) ދުވަހުގެ 14:00 އެވެ. އެއިގެ
ފަހުން ހުށަހެޅޭ އަގުތައް ބަލައި ނުގަނެވޭނެއެވެ.
ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގަތުމުން ތަކެތި ބެލޭނެ އިންތިޒާމް ހަމަޖައްސައި
ދެވޭނެއެވެ. ތަކެތި ހުރިތަނުން ނަގައިގެން ގެންދިއުމަކީ ނީލަމުން ނަގައި ފަރާތުން ކުރައްވަންޖެހޭނެ ކަމެކެވެ. ނީލަން ނިމުމުން ނީލަން
ކާމިޔާބުކުރި ފަރާތައް އެކަން އެންގޭނެއެވެ. ނަމަވެސް ތަކެތި ޙަވާލުކުރެވޭނީ ފައިސާ މިއިދާރާއަށް ދެއްކުމުންނެވެ. ނީލަމުގައި ވިއްކާލާ
ތަކެތީގެ ނީލަންފެށޭ އަގާއި ކޮންމެ އެއްޗަކަށްވެސް އިތުރު ކުރެވޭނެ އަދަދު މި އިޢުލާނާއިއެކު ޢާއްމު ކުރެވޭ ''ނީލަމުގައި ވިއްކާލާ
ތަކެތީގެ ތަފްސީލް'' އިން އެނިވަޑައިގަންނަވާނެވެ.
ވީމާ، މިކަމާއި ގުޅިގެން މިއިދާރާއިން 28 ޖެނުއަރީ 2018 ވަނަ ދުވަހު ކޮށްފައިވާ (IUL)304-EDS/304/2018/5
އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.
27 ޖުމާދަލްއޫލާ 1439
13 ފެބުރުއަރީ 2018