ޢާންމު މަޢުލޫމާތު
ނަންބަރު: 427-LCM/CIR/2013/19
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2013
ޕަބްލިޝްކުރި ގަޑި: 09:56
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ސަރކިއުލަރ

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ގެނެސްދޭންވާނީ ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓެވެ. ވީމާ، މި ވަގުތުތަކުގައި ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ޙިމާޔަތް ކުރުމަށް ޢަމަލުކުރަންވީ ގައިޑްލައިނާ އެއްގޮތަށް، ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ ކޮންޓެންޓް ކަމުގައި ހެދުމަށް ސަމާލުވުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދެމެވެ.

21 މުޙައްރަމް 1435

25 ނޮވެންބަރު 2013