ދެންނެވުން
ނަންބަރު: (IUL)7-TECH/1/2018/1
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 19 ފެބުރުވަރީ 2018 15:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އެކައުންޓިންގ ދާއިރާގައި މަސައްކުރައްވާ ފަރާތްތަކަށް

ދިވެހިރާއްޖޭގައި މަސައްކަތް ކުރައްވާ ހުރިހާ އެކައުންޓިންގ އަދި އޮޑިޓު ޕްރޮފެޝަނަލުނަށް އަމާޒުކޮށްގެން ބާއްވާ ބައްދަލުވުމެއް 22 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ، ރޭ 20:30 ގައި، ގާޒީ ބިލްޑިންގ، އެއްވަނަ ފަންގިފިލާ، އޮޑިޓަރޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ އެކައުންޓިންގ އަދި އޮޑިޓު ޕްރޮފެޝަންގައި މަސައްކުރައްވާ ފަރާތްތައް ބޭނުންކުރުމުގެ ގޮތުން މި އޮފީހުން ތައްޔާރުކޮށްފައިވާ ޑައިރެކްޓަރީއެއްގެ މަޢުލޫމާތު ޙިއްސާކުރުމަށާއި މިދާއިރާގެ މަސައްކަތްތައް އިތުރަށް ހަރަދަނާކުކުރުމަށްޓަކައި މުހިންމު މަޝްވަރާތަކެއް ކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ. ވީމާ ދިވެހިރާއްޖޭގެ އެކައުންޓިންގ އަދި އޮޑިޓު ޕްރޮފެޝަންގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ މިއޮފީހުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަނަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަޖިސްޓަރީ ކުރެއްވުމަށްޓަކައި، ނަމާއި ގުޅޭނެ ނަންބަރު [email protected] އަށް  20 ފެބުރުވަރީ  2018 ގެ ކުރިން  އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން(3348350) މި އޮފީހުގެ ޓެކްނިކަލް ސަރވިސަސް އަށް ގުޅުއްވުމަށް ދަންނަވަމެވެ.  

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2018