ދިވެހިރާއްޖެ
ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އާއި ބެހޭ ގޮތުން ފޮތެއް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާބެހޭ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްއާއި ބެހޭ ގޮތުން ފޮތެއް ތައްޔާރުކުރުމަށް ކޮންސަލްޓަންޓަކު ހޯދަން ބޭނުންވެއެވެ. މި ފޮތަކީ އިނގިރޭސި ބަހުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ފޮތެކެވެ. މި ފޮތް ބޭނުންކުރެވޭނީ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްއާއި ބެހޭގޮތުން އާއްމުން ހޭލުންތެރި ކުރުމަށާއި ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ މައިދާނުގައި ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް ޕްރޮމޯޓް ކުރުމަށެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ނޭޝަނަލް ކޮންސަލްޓަންޓް މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
- ތިމާވެށި/ ޓޫރިޒަމް/ މާކެޓިންގ ނުވަތަ ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި،
- ފޮތް ނުވަތަ ޕްރޮމޯޝަނަލް މެޓީރިއަލް ތައްޔާރުކުރުމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
- ލިޔުންތެރި ކަމުގެ ހުނަރު ހުރުމާއިއެކު، ފޮޓޯގްރަފީ ދާއިރާގެ ތަޖުރިބާ ނުވަތަ ޝަޢުޤުވެރިކަން ހުރުން
- ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކޮށް، ލިޔަން އެނގުން
- ކޮންޕިއުޓަރު ބޭނުންކުރަން އެނގުމާއެކު "މައިކްރޯ ސޮފްޓް އޮފީސް" ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގުން
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 2 މަސް ދުވަހުގެ ކޮންޓްރެކްޓަރެއްގައެވެ.
ވީމާ، މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- މަސައްކަތުގެ އަގު (ފައިނޭންޝިއަލް ޕްރޮޕޯސަލް)
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
- ކުރީގައި މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަސައްކަތް ނިންމި ކަމުގެ ލިޔުން
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 25 ފެބުރުވަރީ 2018 ވަނަ ދުވަހުގެ 11:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި ބިޑްތައް ހުޅުވާނީ 25 ފެބުރުވަރީ 2018 ވަނަ ދުވަހުގެ 12:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައި ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އާއި ބެހޭ ގޮތުން ފޮތެއް ތައްޔާރުކުމުގެ ކޮންސަލްޓަންޓް
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018342