މަސައްކަތް
ނަންބަރު: (IUL)438-WS/438/2018/57
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 08:46
ސުންގަޑި: 28 ފެބުރުވަރީ 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ގއ. ވިލިގިލީގެ އަލަށްއާބާދުވެފައިވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން މަސައްކަތާއި ބެހޭ ގޮތުން ކުރެވުނު ޢިއުލާނަށް ގެނެވޭ އިސްލާހު

ގއ. ވިލިގިލީގެ އަލަށްއާބާދުވެފައިވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން މަސައްކަތާއި ބެހޭ

 ގއ. ވިލިގިލީގެ އަލަށްއާބާދުވެފައިވާ ސަރަހައްދުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމްގެ ސާރވޭ އަދި ޑިޒައިން  މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީއިން 31 ޖަނަވަރީ 2018 ގައި ކުރި އިޢުލާން ނަންބަރު IUL)438-WS/438/2018/38)  އާއި ހަވާލާދީ ދަންނަވަމެވެ.

 ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.  ބިޑް ހުށަހެޅުމަށް ރެޖިސްޓްރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 15 ފެބުރުވަރީ 2018 އެވެ.

 އަދި "ޕްރޮޕޯސަލް" ހުށަހަޅުއްވުމަށް ކަނޑައެޅިފައިވާ މުއްދަތު އިތުރުކޮށްދެވިފައިވާ ކަމުގައި ދަންނަވަމެވެ. "ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 28 ފެބުރުވަރީ 2018 ވަނަދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: -3018-301960+
އީމެއިލް: [email protected]

"ޕްރޮޕޯސަލް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް"  މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

 

13 ފެބުރުވަރީ 2018