ދިވެހިރާއްޖެ
އިޢުލާނު
މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ބިން ދޫކުރުން
މިއިދާރާގެ ނަންބަރު (IUL)374-C/374/2018/12(28 ޖަނަވަރީ 2018)އިޢުލާނުގައި ކުލީ ބިމަށް އެދި ހުށަހެޅުމުގެ ފެށޭ އަގެއްގެ ގޮތުގައި އޮތް މިންވަރު ބޮޑު ކަމަށް ފާހަގަ ކުރެވޭތީ އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ދާއިމީ ބިން ދޫކުރުމުގެ ހުއްދަ ލިބިފައިވާތީ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިން ހޯދުމަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މަސްކައްކާ ހިއްކުމުގެ މަސައްކަތަށް 1500 އަކަފޫޓުގެ 12 ބިން އަދި ދަރު ރައްކާ ކުރުމަށް 1000 އަކަ ފޫޓުގެ 12 ބިމެވެ.
ވީމާ، ބިން ހޯދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ފެބުރުވަރީ 19 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސަފު ކުރެއްވުމަށްފަހު، 2018 ފެބުރުވަރީ 22 ވަނަ ދުވަހުގެ 11:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ފޯމުގައެވެ. ބިޑް ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 15 (ފަނަރަ) ލާރިއެވެ.
ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ބިޑް ހުށަހަޅަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑް އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "މަސްކައްކާ ހިއްކާ މަސައްކަތް ކުރުމަށް ބިން ހޯދުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
26 ޖުމާދުލްއޫލާ 1439
12 ފެބުރުވަރީ 2018
މުޙައްމަދު ޖަލީލު
ފ. ނިލަންދޫ ކައުންސިލްގެ ރައީސް