ތަމްރީނު
ނަންބަރު: (IUL)166-schol/166/2018/12
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 18:54
ސުންގަޑި: 20 ފެބުރުވަރީ 2018 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
IDB Master Scholarship Program 2018/2019

މުއްދަތު: 2 އަހަރު

މާސްޓަރސް ޑިގްރީ

ކޯހުގެ ފެންވަރު:

މިއިޢުލާނާއިއެކު އަޕްލޯޑް ކުރެވިފައިވާ ލިސްޓްގައިވާ ދާއިރާތައް 

ކޯހުގެ ދާއިރާ:

  

  1. ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.
  2. 28 ފެބުރުވަރީ 2018 އަށް އުމުރުން 30 އަހަރުވެފައިނުވުން.
  3. މީގެއިތުރުން އެޕްލިކޭޝަން ފޯމުގައާއި، އައި.ޑީ.ބީ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ވާންޖެހޭނެއެވެ. 

 

މި ސްކޮލަރޝިޕަށް އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

 

-  މި އިޢުލާންގެ ޝަރުތެއް ފުރިހަމަ ނުވާ ބޭފުޅަކަށް ފުރުޞަތު ލިބިވަޑައިގަންނަވާނީ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" އިންނެވެ.

ޝަރުތު:

ފުރިހަމަ ކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

* ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

* ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ.

* މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

* ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

* ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

* އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

* އައިޑީބީ މާސްޓަރ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމާއި އެފޯމްގައި ބަޔާންކޮށްފައިވާ ތަކެތި.

 

ހުށަހަޅަންޖެހޭ ތަކެތި:

* މިކޯސްތަކާބެހޭ އިންފޮމޭޝަން ޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އަދި އައިޑީބީގެ ވެބްސައިޓުން  www.isdb.org ލިބޭނެއެވެ.

* މިއީ އައި.ޑީ.ބީ މެމްބަރު ޤައުމުތަކުގެ މެދުގައި ވާދަކުރާ ސްކޮލަރޝިޕެކެވެ. މިކޯހުގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ އައި.ޑީ.ބީ ގެ ފަރާތުންނެވެ. އަދި ކޯހަށް ހޮވުނުކަން އެނގޭނީ 2018 ވަނަ އަހަރު ސެޕްޓެމްބަރ މަހުގައެވެ.

* މި ސްކޮލަރޝިޕްގެ ދަށުން (ޓިއުޝަން ފީ، ލިވިންގ އެލަވަންސް އަދި ހެލްތް އިންޝުރެންސް އަދި ދެކޮޅު ޓިކެޓް) ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

* މިސްކޮލަރޝިޕް ލިބޭ ބޭފުޅަކު ބޭނުންފުޅުވާނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕްލިމެންޓަރީ ލޯން އެލަވަންސް މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކުން ހަމަޖައްސައިދެވޭނެއެވެ.

* މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ހުށަހަޅުއްވަންވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ.

* އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

* ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

* މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއްނުދެވޭނެއެވެ.

* ކޯސް ފުރިހަމަކުރެއްވުމަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

* ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި ޑިޕާޓްމަންޓުން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

* ކޯހަށް ނޮމިނޭޓްވެއްޖެކަން މި ޑިޕާޓްމަންޓުން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.

* މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކުރައްވައި، ފުރިހަމަކުރެއްވުމަށް ފުރުސަތު އެރުވުމުގެ ގޮތުންނެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ.

* އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

* އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން ބޭނުންފުޅުނަމަ، ސަރުކާރުގެ އޮފީހަކުން ނުވަތަ  ލޯ ފަރމަކުން އެޓެސްޓްކުރެއްވުމަށްފަހު އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުއްވިދާނެއެވެ.

* މި އިޢުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން އެއްދުވަސް ކުރިން މި ޑިޕާޓްމަންޓަށް ސެޓްފިކެޓާއިއެކު ކޮޕީ ހުށަހަޅުއްވައިފިނަމަ، އެޓެސްޓްކޮށްދެވޭނެއެވެ.

* އެޓެސްޓެޑް އަސްލު ހުށަހަޅުއްވާނަމަ، އެޓެސްޓްކޮށްފައި ހުންނަންވާނީ އިނގިރޭސިބަހުން ތިރީގައިވާ މަޢުލޫމާތު އޮޅުންފިލާގޮތަށެވެ.

   - އެޓެސްޓްކުރި ތަނުގެ ނަން.

   - އެޓެސްޓްކުރި މީހާގެ ނަން.

   - އެޓެސްޓްކުރި މީހާގެ މަގާމް.

   - އެޓެސްޓްކުރި މީހާގެ ސޮއި.

   - އެޓެސްޓްކުރި ތާރީޚް.

* އެޓެސްޓްނުކުރައްވައި ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވި ބޭފުޅެއް ނޮމިނޭޓްވާނަމަ، އެލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި ޑިޕާޓްމަންޓުން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

* މި އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހަމައަށް ހުށަނާޅާނަމަ، އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.

* އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

* ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް މުހިއްމު މަޢުލޫމާތު އެކުލެވޭ، ސްޕެޝަލް ކްރައިޓީރިއާއާއި،  އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ދަރިވަރުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ބްލެކްލިސްޓް ކުރުމާ ބެހޭ ގޮތާއި، ސަޕްލިމަންޓްރީ ލޯން ދޭ ގޮތާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2018 ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ)

ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރެއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، 3341307 / 3341461 އަށް ގުޅުއްވައި އީމެއިލް ލިބުނުތޯ ކަށަވަރުކުރައްވަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ.

 

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341380 / 3341461 / 3341307 ނަންބަރު ފޯނުން ލިބޭނެއެވެ.

12 ފެބުރުވަރީ 2018